ބަންގި ގޮވީމާ ނަމާދަށް ނުދާ މީހާ ﷲ އާ އެކުރަނީ ޗެލެންޖް- އެއީ ކާފަރެއް!: ޑރ. ޝިހާމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބަންގި ގޮވީމާ ނަމާދަށް ނުދާ މީހާ ﷲ އާ އެކުރަނީ ޗެލެންޖް- އެއީ ކާފަރެއް!: ޑރ. ޝިހާމް
ނަމާދަށް ގޮވީމާ ނަމާދަށް ނުގޮސް ހުންނަ މީހާއަކީ ކާފިރުުވެގެން ހުރި މީހެކެވެ. އެހެނީ އޭނާ އެކުރަނީ މާތްﷲ އާއި ޗެލެންޖެކެވެ. އޭނާ ހަމަ ފައުޅުގައި އެ ބުނަނީ ތިމާއަކީ މާތްﷲއަށްވުރެ މާމަތީގައި ހުރި މީހެއް ކަމަށެވެ. މާތްﷲ ގޮވާލެއްވެވި ނަމަވެސް އިޖާބަ ދޭން ކޮންމެހެން ނުޖެހޭ ކަމަށެވެ.

އޭނާ އެބުނަނީ ތިމަންނަ ނަމާދަށް ދާނީ ތިމަންނަ ބޭނުން އިރަކުން ކަމަށެވެ.

ނަމާދު އަޅާ މީހުން އެބުނަނީ މާތްﷲ 5 ނަމާދު ވަގުތުގައި ކުރަން އަމުރުފުޅު ކުރައްވަވާފައިވީނަމަވެސް، އަދި ބަންގި ގޮވުމުން ކުރަންޖެހޭނެ ފުރަތަމަ ކަމަކީ ނަމާދުކުރުން ނަމަވެސް ތިމާ ނަމާދުކުރާނީ ތިމާ ބޭނުންފަހަރަކު ކަމަށެވެ. ބޭނުންވާ ދުވަހަކު ބޭނުންވާ ވަގުތެއްގައި ކަމަށެވެ.

މިފަދަ ސަބަބުތަކަށްޓަކައި ނަމާދު ނުކުރާ މީހާއަކީ ކާފަރެއްގެ ޙުކުމެވެ. މިކަންކަން ބަލައި މިދުނިޔޭގައި ޝަރީޢަތްކޮށް އަދަބުދޭނެ ކޯޓެއް ނުހުރެދާނެއެވެ. ނަމަވެސް އާޚިރަތް ދުވަހު ސަލާމަތެއް ނުވެވޭނެއެވެ. މާތްﷲ އެންެގެވި ގޮތުގައި ނަމާދުނުކުރާ މީހުންނަށް އޮތީ ވަރަށް ސާފު ޙުކުމެކެވެ. އެއީ ނަރަކައިގެ ގަދަފަދަ އަޒާބެވެ.

މިޙުކުމް މާތްﷲ ވަނީ މާކުރިން ބާވައިލައްވަވައި ނިމިފައެވެ. އެޙުކުމް ބަދަލުކުރެވޭނެ ފަރާތެއް ނެތެވެ. އެއްވެސް ކޯޓަކަށް އަދި އެއްވެސް މަޖިލީހަކަށްވެސް އެކަމެއް ނުކުރެވޭނެއެވެ. ދުނިޔޭގެ އެންމެން ގުޅިގެން ބާރެއް އުފައްދައި އެބާރުން އުފައްދާ ކޯޓަކަށްވެސް އެކަމެއް ނުކުރެވޭނެއެވެ.
މިއަދު އޮންލައިން