ކައިވެނި ފަސް ކުރުމަކީ އިސްލާމްދީނުގައި ނަޙީ ކުރައްވާފައިވާ ކަމެއް- މުފްތީ މެންކު

ކިޔުމަށް ހޭދަވާނީ 1މ 34ސ
ކައިވެނި ފަސް ކުރުމަކީ އިސްލާމްދީނުގައި ނަޙީ ކުރައްވާފައިވާ ކަމެއް- މުފްތީ މެންކު
"ކައިވެނި ފަސްކުރުމާއި މެދު އިސްލާމް ދީނުގައި އަންގަވާފައިވަނީ ކިހިނެއް ހެއްޔެވެ؟ ކައިވެނި ފަސްކުރުމަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ.

އަންހެނަކާއި ފިރިހެނަކު ކައިވެނި ކުރަން ބޭނުންވެއްޖެނަމަ (ޚާއްސަ ގުޅުމެއް އެދެމީހުންގެ ދެމެދުގައި އުފެދިއްޖެނަމަ) ވީއެންމެ އަވަހަށް ކައިވެނި ކުރަން ވާނެއެވެ. ކައިވެނި ފަސްކޮށްފިނަމަ ފާފަވެރި ވާނެއެވެ.

މިޒަމާނުގައި ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އަންހެނަކާއި ފިރިހެނަކު ގުޅުމެއްގައި އުޅެމުން، ތިމަންނާމެން މިއުޅެނީ ކައިވެނި ކުރަންށޭ 'އެންގޭންޖްޑް' އޭ ބުނެއެވެ. އެފަދައިން ދެތިން އަހަރު ވާއިރުވެސް އެމީހުން ބުނަނީ މިފަދައިންނެވެ. އަދި އެންމެ ފަހުން ބުނަނީ، އަންހެންމީހާ އިނީ ބަލިވެއޭ އެހެންކަމުން އަވަހަށް ކައިވެނި ކުރަންވީއެވެ.

މިފަދަ ކަންކަންވުމުން ސަލާމަތް ވުމަށް ވެސް، ކައިވެނި އަވަހަށް ކުރަން އިސްލާމްދީން ބާރުއަޅައެވެ. އެއީ ކައިވެނި ކޮށްގެން، ދުވަސް ކޮޅެއް ވަންދެން ދެމަފިރިން ދުރުގައި ވަކިން އުޅެން ޖެހުންކަމުގައި ވިޔަސްމެއެވެ.
އިތުރަށް ކިޔަވަން ބޭނުންވާ ކަމަށް ބުނެވެސް ބައެއް މީހުން ކައިވެނި ފަސް ކުރެއެވެ. ނަމަވެސް އަވަހަށް ކައިވެނި ކުރުމަށްފަހު ކިޔެވިދާނެއެވެ. މައިންބަަފައިންގެ ރުހުމުގެ މަތިން ކައިވެނި ކުރުމަށްފަހު، ކިޔަވާ ނިންމާ، އޭގެފަހުން ތިމާ ބޭނުންވާ ވަރުގެ ވަލީމާއެއް ފަހުން ބޭއްވި ވެސް ދާނެއެވެ.

ބައެއް މައިންބަފައިން ވެސް މިފަދަ ގަވާއިދުތައް ހަދާކަމީ ހިތާމަވެރި ކަމެކެވެ. ތިމާގެ ދަރި ކައިވެންޏެއް ކުރުމުގެ ކުރިން ޑިގްރީއެއް އޮންނަން ވާނެއޭ، ނުވަތަ ތިމާގެ ދަރި ކައިވެނި ކުރާ މީހަކު ހުންނަންވާނީ ޑިގްރީއެއް ހާސިލްކޮށް މަތީ ވަޒީފާއެއްގައޭ، އެހާތަނަށް ކައިވެނި ނުކޮށް މަޑުކޮށްލާށޭ ބުނެއުޅޭ މައިންބަފައިން ވެސް އުޅެއެވެ.

މިފަދައިން ކަންތައް ކުރުމުން، އެދަރިން ކުރާ ފާފައިގެ ޒިންމާ މައިންބަފައިންގެ ބޮލުގައި ވެސް އެޅޭނެއެވެ."- މުފްތީ މެންކު


މިއަދު އޮންލައިން