މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގައި ދަރުސް ދެއްވަމުން ޝައިޚް ޢަލީ ރިޟާ ވިދާޅުވީ ޙަޤީޤަތަކީ މިއީ ނަމަވެސް ރިބާ މިއަދު މިވަނީ މުޅި މުޖުތަމަޢުއަށް ޢާންމުވެފައި ކަމަށެވެ. "ރިބާ އާއި ނުލައި މިއަދު ކުރެވެނީ ކޮންކަމެއްތޯ؟" ވެސް ޝައިޚް ވަނީ ސުވާލުކުރައްވައިފައެވެ.
ޝައިޚް ޢަލީ ރިޟާ ވިދާޅުވީ ބަރުޒަޚުގެ ޢާލަމުގައާއި ޢާޚީރަތް ދުވަހު، ގަދަފަދަ އަޒާބުން ސަލާމަތްވާން އެދޭނަމަ މިހާރުންސުރެ އެކަމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭ ކަމަށެވެ. ރިބާ އާއި ނުލައި ކުރިއަށް ދެވޭނެ އިޤްޠިޞަދީ ނިޒާމެއް ދަރިންނަށް ދައްކައި ދަސްކޮށްދޭން ޖެހޭ ކަމަށެވެ.
ޝައިޚް ޢަލީ ރިޟާ މިމޭރުމުން ވިދާޅުވިއިރު ޒުވާނުންނާއި އަންހެނުންގެ އަދި އެނޫންވެސް ސަރުކާރުން ކަނޑައަޅާ ކަންކަމަށް، ކަނޑައަޅާ ދާއިރާތަކުން ލޯނު ދޫކުރަމުން ގެންދަނީ ރިބާ ހިމެނޭ ގޮތަށެވެ. އިންޓަރެސްޓް ކަނޑައަޅައިގެންނެވެ. އެހެންކަމުން ކުރިއަށްވުރެ ގިނަ ޒުވާނުން ދަނީ ރިބާގައި ބެދި ތާށިވަމުންނެވެ. އެންމެ ޒުވާން އުމުރުގައެވެ.