ރަމަޟާން މަހު ދުރުހެލިވާންޖެހޭ ކަންކަމަށް ސްޕޮންސަރ ކުރުމަކީ އެކަންކަމަށް ވާގިވެރިވުން- އެއީ ފާފައެއް: ޝައިޚް މަންޞޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ރަމަޟާން މަހު ދުރުހެލިވާންޖެހޭ ކަންކަމަށް ސްޕޮންސަރ ކުރުމަކީ އެކަންކަމަށް ވާގިވެރިވުން- އެއީ ފާފައެއް: ޝައިޚް މަންޞޫރު
ރަމަޟާން މަހު ދުރުހެލިވާންޖެހޭ ކަންކަމަށް ސްޕޮންސަރ ކުރުމަކީ އެކަންކަން ކުރުމަށް ވާގިވެރިވުން ކަމަށާއި އެކަންކަމަށް ސްޕޮންސަރ ކުރުމަކީ ފާފައެއް ކަމަށް އައްޝައިޚް މުޙައްމަދު މަންޞޫރު ވިދާޅުވެއްޖެއެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ މިޔުޒިކް ޝޯތައް ފަދަ ކަންކަމަކީ މުންކަރާތުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި އެފަދަ ކަންކަމަށް އެއްވެސް އިރަކު ސްޕޮންސަރ ކުރުމަކީ ފާފައެއް ކަމަށެވެ.

ރަމަޟާން މަހު މީސްތަކުން އަޅުކަމާއި ދުރުހެލިވާނެ އެއްވެސް ކަމަކަށް ވާގިވެރިވުމަކީ ކަނޑައެޅިގެން ޝައިޠާނާގެ އެޖެންޓަކު ނޫނީ ކުރާނެ ކަމެއް ނޫން ކަމަށް ދީނީ ޢިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. މަހުޖަނުންގެ އަތުގައި ހުންނަ ފައިސާ އެމީހަކު ބޭނުން ކަމަކަށް ޚަރަދުކުރެވިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހުގެ ސުވާލުތަކުން ސަލާމަތް ވެވޭނީ މާތްﷲ އެންގެވި ގޮތުގައި ޚަރަދުކޮށްފައިވާނަމައެވެ.

ރަމަޟާން މަހާއި ގުޅުވައިގެން ތަފާތު ކުޅިވަރު މުބާރާތްތައް ބޭއްވުމާއި މިޔުޒިކް ކުޅުމާއި އެހަނދާނުގައި ކިޔާފައި ޝައިޠާނާގެ ހަނދާނުގައި މިޔުޒިކް ޝޯތައް ބޭއްވުން ފަދަ ރަމަޟާން މަހާއި އެއްވެސް ގޮތަކުން ނުގުޅޭ ގިނަ ކަންތައްތައް މިހާރަކަށް އައިސް ރާއްޖޭގައި ދަނީ ކުރަމުންނެވެ.

ޢިލްމުވެރިން ވިދާޅުވަނީ ފުޓްސެލް މުބާރާތެއް ފަދަ ކުޅިވަރު މުބާރާތެއް ބޭއްވުމަކީ އަދި މާތްﷲ ހުއްދަ ކުރެއްެވެވި ކުޅިވަރެއް މާތްﷲ ހުއްދަ ކުރެއްެވެވި ގޮތަށް ކުޅުމަކީ ޙަރާމް ކަމަަކަށް ނުވި ނަމަވެސް އެފަދަ ކުޅިވަރު މުބާރާތްތައް ބޭއްވުމާއި އެފަދަ ކުޅިވަރުތައް ކުޅުމުގައި ގިނަ ބައެއްގެ އަގުހުރި ވަގުތުތައް ރަމަޟާންމަހު ހޭދަކުރުމަކީ ރަމަޟާން މަސް މާތްﷲ ބާއްވަވައިލެއްެވެވި ސަބަބާއި ޚިލާފްވާ ކަމެއް ކަމަށެވެ. އަދި ރަމަޟާން މަހުގެ ވަގުތުތައް ހޭދަކުރަންޖެހޭނީ ރަމަޟާން މަސް މާތްﷲ ބާއްވަވައިލެއްވެވި މަޤްޞަދުތައް ޙާޞިލުކުރަން މަސައްކަތްކުރުމުގައި ކަމަށެވެ.

ދީނީ އިލްމުވެރިން ވިދާޅުވަނީ ރަމަޟާން މަހު ވާދަކުރަންވީ ކުޅިވަރު ކުޅުމުގައި ނޫން ކަމަށާއި އަޅުކަން ކުރުމުގައި ކަމަށެވެ. އަދި ހިތްވަރުދޭންޖެހޭނީވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކަށް ނޫން ކަމަށާއި ވީހައި ގިނައިން އަޅުކަން ކުރުމަށް ކަމަށެވެ.
މިއަދު އޮންލައިން