ނަމާދަށް ނިޔަތްގަނެ މީހާ މަސައްކަތް ފަށާ ހިސާބުން ފެށިގެން މާތް ﷲ އެމީހާއަށް ނިޢުމަތްތައް މިންވަރުކުރައްވަން ފަށްޓަވައެވެ. އެމީހާގެ އަމަލުތަކަށް ބައްލަވައިވޮޑިގަންނަވަން ފަށްޓަވައެވެ.
އެެގޮތުން ނަމާދަށް ދިއުމަށްޓަކައި އެމީހާ ޤްރްބާން ކުރި މަސައްކަތްތަކާއި ނަމާދަށް ދިއަ ދުރުމިނާއި މިފަދަ ހުރިހާ ކަންކަމަށް މާތް ﷲ ބައްލަވައި ވޮޑިގެންވެއެވެ. (އެކަމަށް ޙައްޤު ސަވާބު ދެއްވަވާނެތެވެ.)
މާކުރިން ރީތި މޮޅު ހެދުން ފަހައި ނަލަވެ ފަރިވެ ތައްޔާރުވެގެން، ދުނިޔޭގެ ވެރިން ދޭ ބައްދަލުވުމަށް ދިއުމުން މިފަދަ އެއްވެސް ކަމަކަށް ނުބަލާނެއެވެ. ހަމަ އެކަނި ބަލާނީ ދީފައި އޮންނަ ވަގުތުކޮޅުގައި ދެކެވޭ ވާހަކައަށެވެ. އޭނާ އެކަމަށް ތައްޔާރުވާން ކުރި މަސައްކަތާއި އައީ ކިހައި ދުރުމިނަކުން ކިހައި ބުރައެއް ކަމެއް ނުބަލާނެއެވެ.
- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން -
(ނަމާދަށް ގޮވުމުން ނުވަތަަ ބަންގި ގޮވުމުން މިހައި ބޮޑެތި ނިޢުމަތްތައް މާތްﷲ ދެއްވަވާއިރުވެސް އެ ނިއުމަތްތައް ލިބިގަތުމަށް ޖަމާއަތަށް ދިއުމަށް އަޅުގަނޑުމެން މިދަނީ އުޒުރުވެރިވަމުންނެވެ. ނަމަވެސް ވެރިއެއް ކީއްކުރަންތޯއެވެ؟ ވެރިއެއްގެ ނައިބަކާއި ބައްދަލުކޮށްލަން ލިބުނު ނަމަވެސް އެކަން މިވަނީ އިންތިހާއަށް އަހަންމިއްޔަތުކަން ދެވޭ ކަމަށެވެ. މިކަންކަން މިކުރެވޭ ގޮތް ދެކޮޅު ޖެހޭބާވައެވެ! )
ގުޅުންހުރި ވީޑިއޯ: