ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ފާގަސަން އިމަޖަންސީ ސާޖަރީއެއް ހަދައި އައިސީޔޫގައި ފަރުވާ ދޭން ފަށައިފި

ކިޔުމަށް ހޭދަވާނީ 46ސ
ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ފާގަސަން އިމަޖަންސީ ސާޖަރީއެއް ހަދައި އައިސީޔޫގައި ފަރުވާ ދޭން ފަށައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސާ އަލެކްސް ފާގަސަންގެ ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން އިމަޖަންސީ ސާޖަރީއެއް ހަދައި އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ފާގަސަންގެ ހާލު ސީރިއަސްވެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ހޮސްޕިޓަލަށް ގެންދިޔުމަށްފަހު އޭނާއަށް އިމަޖަންސީ ސާޖަރީއެއް ހަދައި މިހާރު ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. މިކަން ވަނީ ފާގަސަންގެ ކޯޗިން ކަރިއަރުގައި 26 އަހަރު ހޭދަކުރި މެންޗެސްޓާ ޔުނައިޓެޑުން ރޭ ނެރުނު އިއުލާނެއްގައި ކަށަވަރުކޮށްދީފައެވެ.

މެންޗެސްޓާ ޔުނައިޓެޑަށް 26 އަހަރުގެ ތެރޭގައި ވަނީ 38 ތަށްޓެއް ކާމިޔާބުކޮށްދީފައިވާ ސާ އަލެކްސް ފާގަސަންއަކީ މުޅި ފުޓުބޯޅަ ޢާއިލާގެ އިހުތިރާމު ލިބިފައިވާ "ލެޖެންޑަރީ" ކޯޗެކެވެ. ފާގަސަންގެ ޞިއްޙީ ހާލަތުގެ ޚަބަރު ލިބުމާއެކު ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން އަންނަނީ ފާގަސަންއަށް އަވަސް ޝިފާއަކަށް އެދި ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ.


މިއަދު އޮންލައިން