ހުވަފެނަކީ ކައްވަޅުގެ އަޒާބަށް ހޭލުންތެރިވުމަށް ދެވޭ އިލާހީ އިންޒާރެއް- ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ހުވަފެނަކީ ކައްވަޅުގެ އަޒާބަށް ހޭލުންތެރިވުމަށް ދެވޭ އިލާހީ އިންޒާރެއް- ބިލާލް އައްސަދު
މަރުވުމުން ވަޅުލައެވެ. ހަށިގަނޑު ކުނިވެ ފަނާވެގެންދެއެވެ. ފެންނަން ހުންނަނީ ކަށިތައް އެކަންޏެވެ. ވަޅުލުމަށްފަހު ކައްވަޅު ކޮނެގެން ބެލި ނަމަވެސް އެއްވެސް ކަމެއް ވަމުންދާތަނެއް ނުފެނެއެވެ. ހަށިގަނޑު ނުވަތަ ކަށިތައް އެއްވެސް ހަރަކާތެއް ނެތި އެ އޮންނަ ގޮތަށް އޮވެއެވެ.

މިކަންކަމަށްބަލައި ކައްވަޅުގައި އެއްވެސް އަޒާބެއް ނުލިބޭނެ ކަމަށް ބުނާބައަކު އުޅެއެވެ. ނަމަވެސް ހަޤީޤަތުގައި އެމީހުންނަށް ކުރިމަތިވާ ކަންކަން ވެސް އެމީހުންނަށް ނުވިސްނެނީއެވެ. ވިސްނޭނަމަ އެނގޭނެއެވެ.

މިސާލެއް ބުނެދޭނަމެވެ. ތިބާ ނިދާފައި އޮންނަނީ ތިބާގެ ކޮޓަރީގައެވެ. ބަލައިފި މީހަކަށް ތިބާގެ ހަށިގަނޑު އެނދުގައި އޮއްވައި ފެނެއެވެ. ނަމަވެސް ހުވަފެނުގައި ތިބާގެ ފުރާނަ ސީރިޔާއަށް ނުދޭ ހެއްޔެވެ؟ ގޮސް އުޅުމުގައި ބައަކު ތަޅައިގެންފިނަމަ ތަދެއް ނުވޭހެއްޔެވެ؟ ގުނަވަނެއް ކެނޑީއްޖެނަމަ ލޭ ނާދޭ ހެއްޔެވެ؟ ގުނަވަނެއް ބިނދިއްޖެނަމަ ތަދެއް ނުވޭ ހެއްޔެވެ؟

ތަދަށް ކެތް ނުކުރެވިގެން ރޮމުން ހޭލެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ބިރުން ތުރުތުރު އަޅަމުން އަޑުގަދަކުރަމުން ހޭލެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޙަޔާތުގައި މިފަދަ ކަންތައްތައް ކުރިމަތިވެފައިވަނީ ކިތައް މީހުންނަށް ހެއްޔެވެ؟

ތިބާ އެމެރިކާގައި ނިދާފައި އޮއްވާ ތިބާއަށް ސީރިޔާއަށް ދެވި މިބުނިފަދަ ކަންތައްތަކެއް ހިނގާކަން ތިބާއަށް އަންގަވައިދެއްވަވަނީ ހަމަ އެއްވެސް މާނައެއް އެކަމުގައި ނެތި ކަމަށް ހީނުކުރާށެވެ. އެއީ ތިބާއަށް ދެއްވަވާ ވަރަށް ވަރުގަދަ އިންޒާރުތަކެކެވެ. ބަރްޒަޚްގެ ޢާލަމާއި ކުރިމަތިލާންޖެހޭނެ ކަމާއި ކައްވަޅުގައި އަޒާބުތައް ލިބޭނެ ކަމުގެ ވަރަށް ވަރުގަދަ އިންޒާރެކެވެ.

އަހަރެން ތިއަބައިމީހުންނަށް ވަޞިއްޔަތް ކުރާނީ މި ފަދަ ކަންކަމަށް ވިސްނައި ފިކުރުކުރުމަށެވެ. އިބްރަތް ޙާޞިލުކުރުމަށެވެ. ކައްވަޅުގައިވެސް އަދި އާޚީރަތް ދުވަހުން ވެސް އަޒާބު ނުލިބޭނޭ މީހަކަށް ވުމަށް ގަދައަޅައި މަސައްކަތްކުރުމަށެވެ. އެކަން ހާޞިލުކުރެވޭނެ ގޮތްތައް މާތްﷲ ވަނީ އަހަރެމެންނަށް ވަރަށް ފުރިހަމައަށް ދައްކަވައިދެއްވައިފައެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން -
މިއަދު އޮންލައިން