ރޯދައަށް ތައްޔާރުވުން 23: ވީހާ ގިނަ ޚަޠިމް ކުރުމުގެ މުބާރާތަކަށް ނުހަދައި ޤްރްއާން އުނގެނޭ މަހަކަށް ހަދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރޯދައަށް ތައްޔާރުވުން 23: ވީހާ ގިނަ ޚަޠިމް ކުރުމުގެ މުބާރާތަކަށް ނުހަދައި ޤްރްއާން އުނގެނޭ މަހަކަށް ހަދާށެވެ!
ރަމަޟާން މަސް އައުމުން ބައެއް މީހުން އުޅޭ ގޮތުން ހީވަނީ ވީހައި ގިނަ އަދަދެއްގެ ޚަޠިމް ކުރުމުގެ މުބާރާތެއްގައި ބައިވެރިވެގެން އުޅޭހެންނެވެ. ،5 6 ޚަޠިމް ވެސް އެބަކުރެއެވެ.

ލޮބުވެތިންނޭވެ! ވީހައި ގިނައިން ކީރިތި ޤްރްއާނުގެ އާޔަތްތައް ކިޔެވުމަކީ ވަރަށް މަތިވެރިއަޅުކަމެކެވެ. ނަމަވެސް ވިސްނަންޖެހޭ ކަމަކީ ކީރިތި ޤްރްއާން މާތް ﷲ ބާވައިލެއްވެވީ ހަމަ އެކަނި ކިޔަވަން ނޫން ކަމެވެ. ކިޔެވުމާއިއެކު އެއިގައި އޮތް އެއްޗަކަށް އަމަލުކުރަން ކަމެވެ. ޢަމަލުކުރެވޭނީ އެއިގައި އޮތް އެއްޗެއް އެނގިގެން ނޫންހެއްޔެވެ؟

ލޮބުވެތިންނޭވެ. މިފެށޭ ރަމަޟާން މަހަކީ ކީރިތި ޤްރްއާން ކިޔެވުމާއިއެކު ކީރިތި ޤްރްއާން އުނގެނޭ މައްސަރަކަށް ވެސް ހަދާށެވެ. ހަޤީޤީ މުރާޖަޢާ ކުރުމަކީ އެއީ އެވެ. އެހެންކަމުން އެންމެ ފައިދާހުރި ގޮތަކީވެސް އެއީއެވެ.

ވީހައި ގިނައިން ކީރިތި ޤްރްއާން ކިޔަވައި ޚަޠިމް ކުރުމަކީ ކިތަންމެހައިވެސް ކުރަން ރަނގަޅު ކަމެކެވެ. އެކަން ކުރަމުންވެސް ކީރިތި ޤްރްއާނުގެ މާނަ ކިޔަމުން އަދި އެއަށް ވިސްނަމުން އެންމެ ޚަޠިމެއް ނަމަވެސް ކޮށްލެވިއްޖެނަމަ އެކުރެވުނީ ހާދަހައިވާ މަތިވެރި ކަމެކެވެ. އެހެންކަމުން ކޮންމެ މުސްލިމަކުވެސް މި ފެށޭ ރޯދަ މަހު މާނަ އުގެނެމުން ޚަޠިމެއް ކޮށްލެވޭތޯ ބަލަމާ ހެއްޔެވެ!

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން