ތިބާގެ ރިވެތި ސިފަތައް ދައްކައިގެން ކާފަރުން އިސްލާމް ކުރެވިދާނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ތިބާގެ ރިވެތި ސިފަތައް ދައްކައިގެން ކާފަރުން އިސްލާމް ކުރެވިދާނެ
ކާފަރުންނަށް ކީރިތި ޤްރްއާނުގެ އާޔަތްތައް ކިޔައިދިނުމަކީ އެހައި ފަސޭހައިން ކުރެވިދާނެ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ތިމާގެ އަމަލުތައް އެމީހުންނަށް ފެންނާނެއެވެ. ރިވެތި ސިފަތައް ފެންނާނެއެވެ. އޯގާތެރިކަން ފެންނާނެއެވެ.

އެހެން ދީންތަކުގެ އެތައް ބައަކު ވަނީ މުސްލިމުންގެ ކިބައިން ފެންނަ ރިވެތި ސިފަތަކަށް ބަލައި އިސްލާމް ދީން އިޚްތިޔާރުކޮށްފައެވެ. ޚާއްޞަކޮށް އޯގާތެރިކަމާއި އަދުލުވެރިކަމެވެ. ތެދުވެރިކަމެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު މިއަދު ތަފާތު ސަބަބުތަކާއިހުރެ ތަފާތު ގޮތްގޮތުން ވަނީ ކާފަރުންނާއި ގުޅިފައެވެ. އުޅެމުން ދަނީވެސް އެކުގައެވެ. އެހެންކަމަށްވާއިރު އެމީހެއްގެ ކިބައިގައި ހުރުމަށް މާތް ﷲ އަންގަވާފައިވާ ސިފަތައް ބަހައްޓައި އެހެން ދީންތަކުގެ މީހުންނަށް ފަސޭހަކަމާއިއެކު ދެއްކިދާނެއެވެ.

ޢަރަބިންގެ ތެރޭގައި އެޒަމާނުގައި އެންމެ އަގުބޮޑު އެކައްޗަކީ ރަތް ޖަމަލެވެ. އެންމެ މީހަކު އިސްލާމް ކުރެވުމަކީވެސް ރަތް ޖަމަލަކަށްވުރެ މާ އަގުބޮޑު ކަމެއްގެ ގޮތުގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ބަޔާންކުރައްވަވައިފައެވެ. ވީއިރު މިހައި މަތިވެރި ޘަވާބު ލިބޭ ކަމެއް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރަން ނުޖެހޭ ހެއްޔެވެ؟

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން