ރޯދައަށް ތައްޔާރުވުން 24: ތަރާވީސް ނަމާދު ދިގުވެގެން އުޅޭނަމަ އީމާންތެރިކަމުގަ މައްސަލައެއް އެބަހުރި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރޯދައަށް ތައްޔާރުވުން 24:  ތަރާވީސް ނަމާދު ދިގުވެގެން އުޅޭނަމަ އީމާންތެރިކަމުގަ މައްސަލައެއް އެބަހުރި
ޞަހާބީންގެ ދުވަސްވަރަށް ބަލައިފިނަމަ އެބޭކަލުން އުޅުއްވީ ނަމާދުތައް ކުރުވެގެންނެވެ. ނަމަވެސް މިއަދު އިމާމް މީހާ ތަންކޮޅެއް ފުން ނޭވާއެއްލުމަށް ވަގުތުކޮޅެއް ނެގި ނަމަވެސް މިއުޅެނީ ކަންބޮޑުވެގެންނެވެ.

ރަމަޟާން މަހަކީ ވީހައި ގިނަ އިން އަޅުކަން ކުރަން މަސައްކަތްކުރާ މަހެވެ. ވީހައި ފުރިހަމައަށް ނަމާދުކުރަންވެސް ގިނަ ބައަކު މަސައްކަތްކުރާ މަހެވެ. އެހެންކަމާއިއެކުވެސް ތަރާވީސް ނަމާދުކުރަން ބޭނުންވަނީ ވީހައި ކުރުކޮށް ނަާދުކުރާ އިމާމެއްގެ ފަހަތުގައެވެ. އެންމެ "ފާސްޓް" ސްޕީޑްގައި ކީރިތި ޤްރްއާން ކިޔަވައި ވީހައި އަވަހަކަށް ނަމާދުކޮށް ނިންމައިލާ އިމާމެއްގެ ފަހަތުގައެވެ.

މިހެން ކަންކަން މެދުވެރިމިވަނީ އީމާން ކަމުގައި މައްސަލައެއް އުޅޭތީއެވެ. މާތް ﷲ އަށް ފުރިހަމައަށް އީމާންވެގެން ހުންނަ މީހަކު ނަމަ ވިސްނުން ތަފާތުވާނެއެވެ. ބޭނުންވާނީ ވީހައި ގިނަ ވަގުތު ނަމާދުގައި ދެމިހުންނާށެވެ.

ނަމާދު ދިގުވެގެން އުޅުމުގައި އިތުރު މައްސަލައެއްވެސް އެބައުޅެއެވެ. އެއީ ޞަޙާބީންނަށް ކީރިތި ޤްރްއާން ވަރަށް ރަނގަޅަށް އެނގިވަޑައިގަތުމާއި މިހާރުގެ ގިނަ ބައަކަށް ނުއެނގުމުގެ މައްސަލައެވެ. އެ މައްސަލަ ހައްލުކުރަން ކުރަންޖެހޭ ކަމަކީ ކީރިތި ޤްރްއާން ދަސްކުރުމެވެ. މިބުނާ ބަހުގެ މާނައަކީ ކީރިތި ޤްރްއާން ކިޔެވުމުން އެބުނަނީ ކީކޭކަން ތިމާއަށް އެނގޭނަމަ އަޑުއަހަން ފޫހި ނުވާނެ ވާހަކައެވެ. މާނަ އެނގުމުގެ އިތުރުން ތަފްސީރު އެނގޭނަމަ އަދިވެސް އިތުރަށް ޝައުޤުވެރިވާނެއެވެ.

މިކަންކަން މިހެން ހުރިނަމަވެސް ކީރިތި ޤްރްއާނަށް ދޭ ސަމާލުކަން އިތުރުކުރާށެވެ. ނަމާދު ދިގުވި ނަމަވެސް ކީރިތި ޤްރްއާން ކިޔަވާ އަޑުއަހާށެވެ. ކީރިތި ޤްރްއާން ކިޔަވާ އަޑު އެހުމަކީވެސް އިންތިހާއަށް ސަވާބާއި ދަރުމަ، މާތް ﷲ ދެއްވަވާ ކަމެއްކަން ހތުގައި ބާއްވައިގެން ނަމާދަށް ހުންނާށެވެ. އެއިރުން ދާނީ އީމާންތެރިކަން ވަރުގަދަވަމުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން