މިއީ އިސްލާމިކް ނޮލްޖް ވައިބަރ ގްރޫޕަށް ބައެއް ފަރާތްތަކުން ފޮނުވާފައިވާ ދީނީ ބައެއް ސުވާލުތަކާއި ޖަވާބެވެ. މިސުވާލުތަކަށް ޖަވާބު ދެއްވީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޛް އަބްދުލްލަތީފް އެވެ.
ސުވާލު: ޝުކުރުގެ ސަޖިދަ ޖެހުމަށްޓަކައި "ﷲ އަކްބަރް" ކިޔާފަތޯ ސަޖިދައަށް ދާންވާނީ؟ އަދި ސަޖިދައިގާ އޮވެގެން ތަސްބީޙައެއް ކިޔަން ޖެހޭތޯ؟ ތަސްބީހައެއް ކިޔަން ޖެހޭނަަމަ އެއީ ކޮން ތަސްބީހައެއްތޯ؟
ޖަވާބު: ހަމަ ހުރި ގޮތަށް ސަޖިއަށް ތިރިވާނީ. ﷲ އަކްބަރް ކިޔާކަށް ނުޖެހޭނެ އަދި ސަޖިދައަށް އޮންނައިރު ވަކި އެއްޗައް ކިޔާކަށަށް ނުޖެހޭނެއެވެ.
ސުވާލު: ގަސްތު ކުރުމަކީ ކޮބާ؟
ޖަވާބު: ގަސްތުކުރުމަކީ ކަމެއް ކުރަން ހިތައް އެރުވުމެވެ. މިސާލަކަށް އަންނަ ރަމަޟާން މަހު ތިމަންނާ ހުންނާނީ ރޯދައަށެވެ.
ސުވާލު: ފިރިމީހާއަކީ އެއްގޮތަކަށް ވެސް ނަމާދު ނުކުރާ މީހެއް އެކަމަކު ދީން ވަރަށް ރަނގަޅަށް އޮޅުން ފިލާފަ. މިފަދަ ހާލަތެއްގަައި އަނބިމީހާއަށް ބުނެވިދާނެތޯ ވަރިކުރަން ފިރިމީހާގާތު؟
ޖަވާބު: ބަރާބަރަށް ދުވާލަކު 5 ވަގުތު ނަމާދު ނުކުރާ މީހަކާ އިދެގެން އުޅުން ހުއްދަ ވެގެނެއް ނުވެއެވެ.