"ޥައްﷲ ނިދުމަކީ އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ވަރަށް ވެސް ބޮޑު ނިޢުމަތެކެވެ.
އެކަލާނގެ ވަޙީ ކުރައްވާފައިވަނީ، ނިދާފައި އޮންނަ ވަގުތު އެކަލާނގެ ހުރިހާ އަޅުތަކުންގެ ފުރާނަވެސް އެކަލާނގެ ގެންދަވާ ކަމަށެވެ. އެވަގުތުގައި ތިމާގެ އަޖަލު ހަމަވުމަށް ނިޔާ ކުރައްވާފައިވާނަމަ، ހަމަ އެވަގުތު ތިމާގެ މަރުހިއްޕެވިގެން މާނައީ ނިދީގައި މަރުވެގެން ތިމާ ދެއެވެ.
ނަމަވެސް އެމީހަކަށްޓަކައި އަދި ވަގުތުކޮޅެއް ލިބުން އިރާދަކުރައްވާފައިވާ މީހުންގެ ފުރާނަތައް، އެކަލާނގެ އަނބުރާ ދެއްވަވައެވެ.
އެހެންކަމުން ކޮންމެ މީހަކުވެސް ނިދުމުގެ ކުރިން އެކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން އެދި ދުޢާ ކުރުން މުހިންމެވެ. ރަސޫލާ (ޞޢޥ) ވެސް އެކަލާނގެ ޙަޔާތްޕުޅުގައި ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ދެންނެވި ދުޢާއަކީ، ޔާ ﷲ! ފަހެ، ތިމަންކަލޭގެފާނުގެ ފުރާނަ ގެންދަވައިފިނަމަ، އެފުރާނަފުޅަށް ފާފަ ފުއްސަވާފާދޭނވެ!" - މުފްތީ އިސްމާއިލް މެންކު