ސަވާބު ދެއްވުން އެދި ކިތަންމެ ވަރަކަށް ދުޢާކުރި ނަމަވެސް ސަވާބު ލިބޭނީ ހޯދަން މަސައްކަތްކުރި މީހަކަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސަވާބު ދެއްވުން އެދި ކިތަންމެ ވަރަކަށް ދުޢާކުރި ނަމަވެސް ސަވާބު ލިބޭނީ ހޯދަން މަސައްކަތްކުރި މީހަކަށް
މިހާރަކަށް އައިސް ހުކުރު ދުވަހުގެ ސަވާބާއި ދަރުމަ އެންމެންނަށް މިންވަރު ކުރެއްވެވުން އެދި ކުރާ ދުޢާތައް ސޯޝަލް މީޑިއާގައި ޢާންމުކުރުން އިތުރުވެފައިވާކަން ފާހަގަކުރެއެވެ. މިއީ ކުރަން ވަރަށް ރަނގަޅުވެސް ކަމެކެވެ.

މިފަދަ ދުޢާތައް ޢާންމުކުރާއިރު ފުރަތަމަ ހަނދާންކޮށްދޭންވީ ހުކުރު ދުވަސް އަތުވެއްޖެ ކަމާއި ހުކުރު ދުވަހު ކުރަން ޚާއްޞަ އަޅުކަންތައްތަކެއްވެސް އެބަހުރިކަމެވެ. އެއީ ރަޙްމަތްތެރިންނަށް އެކަން ނުއެނގޭނެތީއެއް ނޫނެވެ. އެންމެ ހެޔޮއެދޭ ރަޙްމަތްތެރިންނަކީ ދީނީ އަޅުކަންތައްތައް ކުރުމަށް ހަނދާންކޮށްދޭ ރަޙްމަތްތެރިން ކަމަށްވާތީއެވެ.

މާތްﷲ އަންގަވާފައިވަނީ ހަމައެކަނި އެމީހާ ސުވަރުގެ ދިއުމަށް މަސައްކަތްކުރުމަކަށް ނޫނެވެ. އެމީހެއްގެ ބެލެނިވެރިކަމުގެދަށުގައިވާ އެންމެންނާއި އެކުވެރިންނާއި ވީހައި ގިނަ ބައަކު ގޮވައިގެން ސުވަރުގެ ދާން މަސައްކަތްކުރުމަށެވެ. މިކަން ކުރެވޭނީ ވީހައި ގިނަގިނައިން ހަނދާންކޮށްދީގެންނެވެ.

އިސްލާމް ދީނަކީ ނަޞޭޙަތެވެ. ހަނދާންކޮށްދިނުމެވެ. ކޮންމެ ހުކުރުދަވަހަކީ ހަފްތާގެ އެންމެ މާތް ދުވަސްކަމުގައި ލައްވަވާފައިވަނީވެސް ހަމަ އެސަބަބަށްޓަކައެވެ. ހުކުރު ޚުޠުބާއަކީ ވެސް ހަމަ ހަނދާންކޮށްދިނުމެކެވެ.

މީހަކު ކިތަންމެ ދުޢާއެއް ކުރިނަމަވެސް އަޅުކަން ކުރުމުގެ ސަވާބު ލިބޭނީ އެމީހަކު އަޅުކަންކުރުމުންނެވެ. އެހެންކަމުން ސަވާބުލިބޭނީ އެމީހަކު ކުރި މަސައްކަތަކުންނެވެ. އެމީހަކު ހެޔޮ އަމަލުކުރިވަރަކުންނެވެ. ވީމާ އަޅުކަންކުރުމަށް ހަނދާންކޮށްދީ ހިތްވަރު ދިނުމުގެ މުހިންމުކަން މިކަންކަމުން ވެސް އެނގިގެންދެއެވެ.
މިއަދު އޮންލައިން