މިއީ ޝެއިޚް ބަޝީރް ޝިސްތީ އުނގަންނައިދީފައިވާ ދުޢާ އެކެވެ.
ދުޢާއަކީ ނުހަނު ބާރުހުރި އެއްޗަކަށްވީހިނދު، ރަމަޟާންމަހުގެ ހެޔޮ ދަރުމައާއި ސަވާބު ތިމާއަށް ލިބުމަށް އެދި މިދުޢާގައި ވިދާޅުވެފައިވެއެވެ.
ޝެއިޚް ބުނެފައިވާ ގޮތުގައި، ރަޖަބް މަހުން ފެށިގެން ރަމަޝާން މަސް ފެށުމުގެ ނިޔަލަށް މިދުޢާ ކޮންމެ ދުވަހަކު ކިޔުމުން ލިބޭ ސަވާބާއި ދަރުމަ ނުހަނު ގިނަ ގުނައެވެ. އަދި މިދުޢާގައި ރަޖަބު މަހާއި ޝައުބާން މަހުވެސް އަޅަމެންނަށް ބަރަކާތް ލެއްވުމަށް އެދިފައިވެއެވެ.
ރަމަޟާންމަހުގެ ސަވާބާއި ދަރުމަ ލިބުމުގެ ނަސީބު އަޅަމެންނަށް ދެއްވުމަށްވެސް މިދުޢާގައި އެދިފައިވެއެވެ.