ފުރިހަމަ މުސްލިމަކަށް ވާންއެދޭނަމަ ސުންނަތަށް ތަބައަނުވެ ފުރިހަމަ މުސްލިމަކަށް ނުވެވޭނެކަން ޤަބޫލުކުރަންޖެހޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފުރިހަމަ މުސްލިމަކަށް ވާންއެދޭނަމަ ސުންނަތަށް ތަބައަނުވެ ފުރިހަމަ މުސްލިމަކަށް ނުވެވޭނެކަން ޤަބޫލުކުރަންޖެހޭ
ފުރިހަމަ މުސްލިމަކަށް ވާންއެދޭމީހާ ފުރަތަމަވެސް ޤަބޫލުކުރަންޖެހޭ ކަމަކީ ސުންނަތަށް ތަބައަނުވެ ފުރިހަމަ މުސްލިމަކަށް ނުވެވޭނެކަމެވެ. އެހެނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތަށް ތަބައަވުމަށާއި ސުންނަތަށް އަމަލުކުރުމަށް މާތް ﷲ ވަނީ އަންގަވައިފައެވެ. ކީރިތި ޤްރްއާނުގައި ވަޙީކުރައްވަވައިފައެވެ.

ކުރިއަށް މިއޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. ރޯދައާއި ގުޅިފައިވާ އެންމެ މުހިންމު އަޅުކަންތައްތައް ގުޅިފައިވަނީ އިތުރު މާތް ނަބިއްޔާ (ޞޢވ)ގެ ސުންނަތާއިއެވެ.

ރަވާތިބު ސުންނަތުން ފެށިގެން ތަރާވީޙް ނަމާދާއި ރޭ އަޅުކަމާއި ތަހައްޖުދު ނަމާދަކީވެސް ސުންނަތުގެ ތެރެއިން ހިމެނޭ ކަންކަމެވެ. އެހެންކަމުން ތިމަންނާ އަދާކުރާނީ ހަމައެކަނި ފަރުޟުކަމަށް ބުނެގެން ފުއްދައިލެވޭކަށް ނެތެވެ.

ކީރިތި ޤްރްއާނުގައި މާތް ﷲ ބަޔާންކުރައްވަވާފައިވަނީ ކޮންމެ މުސްލިމަކުވެސް އަމަލުކުރުން މަޖުބޫރު ކަންކަމެވެ. މަޖުބޫރު މިންވަރަށެވެ. އިތުރު ބައިތަށް މިއެނގެނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތުގެ ތެރެއިންނެވެ.

މިސާލަކަށް ކިތަންމެ ޢާދައިގެ ގޮތަކަށް ކޮޓަރިއެއް އެޅިނަމަވެސް ބޯހިޔާ ކުރެވިދާނެއެވެ. ނަމަވެސް އެއްވެސް މީހަކަށް އެވަރަކުން ނުފުދެއެވެ. އެމީހަކަށް ވެވުނު ވަރަކުން ގެ ފުރިހަމަކުރެއެވެ. ޒީނަތްތެރިކުރެއެވެ. ލިބުނު އެންމެ އަގުބޮޑު ފަރުނީޗަރުވެސް ގެއަށް ވައްދައެވެ. ތަން އޮތްވަރަކުން ރީތި ގަސްތައް ހައްދައި ބަގީޗާވެސް ފުރިހަމަކުރެއެވެ.

އަޅުގަނޑުމެން އާޚިރަތަށްޓަކައި ކުރާ ކަންކަން ވެސް ކުރަންވީ ހަމަ މިގޮތަށެވެ. މަސައްކަތްކުރަންވީ ވީހައި ގިނަ ހެޔޮ އަމަލުތަކާއިގެން އާޚިރަތަށްދެވޭތޯއެވެ. ޤިޔާމަތް ދުވަހު މާތް ﷲ ގެ ކުރިފުޅުމައްޗަށް ހާޟިރުކުރެވޭއިރު ވީހައި ގިނަ ހެޔޮ އަމަލުތަކަކާއިއެކު ޙާޒިރު ވުމަށެވެ. އެކަން ކުރެވޭނީ ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތަށް ތަބައަވީ މިންވަރަކުންނެވެ.

ރަމަޟާން މަހު ހިފާ ރޯދަ ރޯދައަކަށް ހެދޭނީ މިކަންކަމަށް ވިސްނައި އަމަލުކުރި މިންވަރަކުން ކަމަށްވާތީ ހުރިހާ މުސްލިމުންވެސް މިކަންކަމަށް ވިސްނައި އަމަލުކުރުމަށް އިލްތިމާސްކުރަމެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން