ރޯދަމަހަށް ޝައިޠާނުން ކަސްތޮޅު އެޅުއްވީމާ އިންސީންގެތެރެއިންވާ ޝައިޠާނުންތައް މިނުކުންނަނީ މީސްތަކުން މަގުފުރައްދަން: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ރޯދަމަހަށް ޝައިޠާނުން ކަސްތޮޅު އެޅުއްވީމާ އިންސީންގެތެރެއިންވާ ޝައިޠާނުންތައް މިނުކުންނަނީ މީސްތަކުން މަގުފުރައްދަން: ޝައިޚް ޢަލީ ޒައިދު

ބަރަކާތްތެރި ރަމަލާން މަސް އައުމުން މާތްﷲ ޙަރާމް ކުރައްވަވާފައިވާ ކަންކަން މުނިފޫހިފިލުވުމުގެ ނަމުގައި ކުރުމަކީ އިންސާނުންގެ ތެރޭގައި ތިބޭ "ޝައިޠާނުން" ކުރާ ކަމެއް ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެެ.

"ރޯދަމަހަށް ﷲތަޢާލާ ޖިންނީންގެތެރެއިންވާ ޝައިޠާނުން ކަސްތޮޅު އެޅުއްވީމާ އިންސީންގެތެރެއިންވާ ޝައިޠާނުންތައް މިނުކުންނަނީ މީސްތަކުން މަގުފުރައްދަން. ފާޑުފާޑުގެ މުނިފޫއްސޭ ކިޔާ ޕްރޮގްރާމް ހަދައިގެން! ލަވަކުޅެ ގައަށް އަތްލާ ޙަރާމް މިކްސްވުންތައް ދައްކައިގެން." މިއީ އައްޝައިޚް ޢަލީ ޒައިދު މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.

އިތުރު ޓްވީޓެއްގައި ޝައިޚް ޢަލީ ޒައިދު ވަނީ ރޯދަ މަސް އައުމުގެ ކުރިން ހިތް ހަރުކަން ދޫކޮށް، މީހުންނަށް މާފުކުރުމުގެ ރިވެތި އުސޫލު އަށަގަންނަވަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.



މިއަދު އޮންލައިން