"ރޯދަމަހަށް ހަނދުބެލުމާއެކު ޞަދަޤާތްތައް އިތުރު ކުރައްވާ! ކޮންމެ މީހަކަށްވެސް ކުރެވޭނެ! ބޭނުންވަނީ އިޚްލާޞްތެރިކަން! އަދި ޙަލާލް މުދާ! އަދި ޙައްޤު މީހަކަށް އެ ދިނުން!" މިއީ އައްޝައިޚް ޢަލީ ޒައިދު މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.
މީހަކަށް ހެޔޮ ކަމެއް ކޮށްދިނުމަކީވެސް ޞަދަޤާތެކެވެ. އެހީތެރިވުމަކީވެސް ޞަދަޤާތެކެވެ. ބާޒާރަށްދާއިރު އަވަށްޓެރިޔާއަށް އެއްޗެއް ގަނެގެން ގެނެސްދިނުމަކީވެސް ޞަދަޤާތެކެވެ. ގޭގައި ކައްކާ ރިހައިން ރިހަ ބޯތަށްޓެއް ދިނުމަކީވެސް ގިރާ ފަނިން ފަނިފޮދެއް ދިނުމަކީ ވެސް ޞަދަޤާތެކެވެ.
އެހެންކަމުން ޞަދަޤާތް ކުރުމަކީ ހަމަ ކޮންމެ މީހަކަށްވެސް އެމީހެއްގެ ފެންވަރުން ކުރެވިދާނެ ކަމެކެވެ.
ޢާންމުކޮށް އެންމެންނަށް އެއްޗެއް ބަހާނަމަ ވަކި ގޭގެއަކަށް ޞަދަޤާތްކުރުމަކީ އެހެން ގޭގޭގެ މީހުންގެ ހިތުގައި ޖެހޭނެ ކަމެކެވެ. އެއީ ކުރަން ރަނގަޅުކަމެއް ނޫނެވެ. ޢާންމުކޮށް ގޭގެއަށް އެއްޗެއް ބަހާކަމަށް އިއުލާނުކޮށް އެންމެންނަށް އަންގައިގެން ކުރާނަމަ ރަނގަޅު ގޮތަކީ ހަމަ އެންމެންނަށްވެސް ފޯރުކޮށްދިނުމެވެ.
Roadha mahah handhu belumaa eku sadhagaai thah ithuru kuravvaa! Konme meehakah ves kureveyne! Beynun vanee ikhlaastherikan. Adhi halaal mudhaa. Adhi haggu meehakah e dhinun.
— Sheikh Ali Zaid (@alizaid1000) May 13, 2018