ތިމާއާއި ހަވާލު ކުރެވޭ ވަޒީފާއަކީ ޝަރަފެއް ނޫން، ޒިންމާއެއް! އެއާއިމެދު ސުވާލު ވެވޭނެ!: ޝެއިޚް ޝަފީއު އަބްދުﷲ

ކިޔުމަށް ހޭދަވާނީ 33ސ
ތިމާއާއި ހަވާލު ކުރެވޭ ވަޒީފާއަކީ ޝަރަފެއް ނޫން، ޒިންމާއެއް! އެއާއިމެދު ސުވާލު ވެވޭނެ!: ޝެއިޚް ޝަފީއު އަބްދުﷲ
ދީނީ ޢިލްމުވެރިޔާ ޝެއިޚް ޝަފީއު އަބްދުﷲ، ވަޒީފާއާއި މަތީ މަޤާމު ލިބުމާއިބެހޭ ގޮތުން ވިދާޅުވެފައިވެއެވެ.

"ތިމާއާއި ހަވާލު ކުރެވޭ ވަޒީފާއަކީ ޝަރަފެއް ނޫނެވެ. އެއީ ޒިންމާއެކެވެ. އެއާއިމެދު (އެވަޒީފާއާއި މެދު) އާޚިރަތުގައި ސުވާލުވެވޭނެއެވެ. އަދި ވަޒީފާ މަތިވި ވަރަކަށް ޒިންމާ ބޮޑުވެ، ސުވާލުތައް ހަރުކަށި ވާނެއެވެ.

މިއަދު ވަޒީފާ މަތިވާ ވަރަކަށް، ތަހުނިޔާ ކިޔުން އިތުރުވެއެވެ. އޭގެ ބަދަލުގައި ތައުޒިޔާ ކިޔުން އިތުރު ކުރަންވީއެވެ. އަދި އެމީހަކަށް އޭނާގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާ ކުރުމުގެ ތަޢުފީޤް މާތް ﷲ ދެއްވުމަށް އެދި ދުޢާ ކުރަންވީއެވެ.

އެފަދަ މީހަކަށް ވަސިއްޔަތް ކުރަންވީ، ތިއީ (ވަޒީފާއަކީ) ޒިންމާއެއްކަމާއި އެކަމަށް ބިރުވެތިވުމަށެވެ."
މިއަދު އޮންލައިން