އެ ކުޅަދާނަ އަންހެން ކުއްޖާއަށް އަހަރެން ދިރުވައިނުލެވުނީ ﷲ ގެ އަޒާބަށް އެ ޒުވާން އުމުރުގައިވެސް ބިރުގަންނާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
އެ ކުޅަދާނަ އަންހެން ކުއްޖާއަށް އަހަރެން ދިރުވައިނުލެވުނީ ﷲ ގެ އަޒާބަށް އެ ޒުވާން އުމުރުގައިވެސް ބިރުގަންނާތީ!
އެ ކުޅަދާނަ އަންހެން ކުއްޖާއަށް އަހަރެން ދިރުވައިނުލެވުނީ ﷲ ގެ އަޒާބަށް އެ ޒުވާން އުމުރުގައިވެސް ބިރުގަންނާތީއެވެ. މިއަދު މިކިޔައި ދެނީ އެކަން ހިނގައި ދިއަ ގޮތުގެ ވާހަކައެވެ.

އެއިރު އަހަރެންގެ އުމުރުން އެންމެ ،18 19 ވަރަކަށް އަހަރެވެ. އެއިރުވެސް އަހަރެން ކީރިތި ޤްރްއާން ވީހައި ރީތިކޮށް ކިޔަވަން ލޯބިކުރަމެވެ. ތަޖުވީދު މަގުން ތަފާތު ރާގުތަކަށް ކިޔަވަން މަސައްކަތްކުރަމެވެ.

އެއް ދުވަހަކު ފޯނުން މީހަކާއި ވާހަކަދައްކަމުން ކީރިތި ޤްރްއާނުގެ ދެ ތިން އާޔަތް ކިޔެވީމެވެ. ކިޔެވުމުން އޭނާ ބުނީ އޭނާގެ ފޯނު އެހެން ރައްޓެއްސެއްގެ އަތަށް އެބަދެން ކަމަށާއި ދިނުމުން އެ އާޔަތްތައް ހަމަ އެ ރާގަށް ކިޔަވައިލުމަށެވެ.

ދެން އަހަރެން އައްސަލާމްއަލައިކުމް ބުނުމުން އެކޮޅުން އަންހެނަކު ޖަވާބުދިނެވެ. އަހަރެން ހަމަ އޭއާޔަތްތައް ހަމަ އެ ރާގަށް ކިޔެވީމެވެ. ކިޔަވައި ނިންމައިލުމުން ވަރަށް ބަލާޣާތްތެރި، ތޫނު އަޑަކުން ބުނީ އަހެރެންގެ އަޑު ވަރަށް ރީތި ކަމަށެވެ. އެހެން ބުނުމާއިއެކު ވަރަށް ބޮޑަށް ތައުރީފްވެސް ކުރިއެވެ.

އެއަށްފަހު ބުނީ އޭނާގެ 21 ވަަނަ އުފަން ދުވަސް 2 ދުވަސް ފަހުން ފާހަގަކުރާ ކަމަށާއި ޕާޓީއަށް ކޮންމެހެންވެސް އަންނަން ޖެހޭނެ ކަމަށެވެ. އަދި ޕާޓީގައި އަހަރެންގެއަޑުން ކޮންމެވެސް ލަވައެއް ކިޔައިދޭންޖެހޭނެ ކަމަށެވެ. އަދި އެކަމަށްޓަކައި ކޮންމެ އަގެއް ދިނުމަށްވެސް ތައްޔާރަށް ހުރި ކަމަށެވެ.

ފޯނު ކަނޑައިލުމަށްފަހު އަހަރެން ވިސްނީމެވެ. އަހަރެންނަކީ ދުވަހަކުވެސް ލަވަ ނުކިޔަން ނިންމައިގެން ހުރި މީހެކެވެ. އަބަދުވެސް ކީރިތި ޤްރްއާން ކިޔަވަން ނިންމައިގެން ހުރި މީހެކެވެ. ވީމާ ކޮންމެ އަގެއް ދިން ނަމަވެސް ލަވައެއް ނުކިޔާނަމެވެ. އެއީ އަހަރެން ފައިސާ ބޭނުންނުވާތީއެއް ނޫނެވެ. ފައިސާ ކިތަންމެހައިވެސް ބޭނުންވެއެވެ. އުޅުނީވެސް ވަރަށް ދަތިހާލުގައެވެ.

އިތުރަށް ވިސްނައިލިއިރު ޕާޓީއަކަށް ދިއުމަކީ އެއްގޮތަކަށްވެސް ކުރަންވާނެ ކަމެއް ނޫނެވެ. އެތަނުގައި ހިލޭ ފިރިހެނުންނާއި އަންހެނުން އުޅޭނީ އެކުގައެވެ. ކުޅޭނީ މިޔުޒިކެވެ. ދެ ޖިންސް މަސްހުނިވެފައި އެތަނުގައި މިޔުޒިކް ކުޅެފިނަމަ އެތަނުގައި ކޮންމެވެސް ބާވަތެއްގެ ޑްރަގެއް ނެތިއެއް ނުދާނެއެވެ.

އެ ޕާޓީއަށް އަހަރެން ގެންދަން ވަރަށް ގިނަ މަސައްކަތްކުރިއެވެ. ޒުވާން އެތައް ބައިވަރު އަންހެން ކުދިން ގުޅިއެވެ. ފިރިހެން ކުދިންވެސް ގުޅިއެވެ. ނަމަވެސް އެޕާޓީއަކަށް އަހަރެން ނުދަމެވެ. އެކަން ނުކުރުން އަހަރެންގެ އަމިއްލަ ނަފުސު އަހަރެންނަށް މަޖުބޫރުކުރުވީއެވެ.

މިއަދު ތިއަ އެންމެންގެ ކުރިމަތީގައި ހުރެ މާތް ﷲ ވާގިފުޅާއިއެކު މިގޮތަށް ދަރުސް މިދެވެނީ އެދުވަހު އެ ޕާޓީއަށް ނުދެވުނީތީއެވެ. ނޫން ނަމަ ނުހުރެވުނީހެވެ. ޝައިޠާނާ އެ ދުވަހުވެސް އެ މަސައްކަތްކުރީ އެކަމަށް ހުރަސް އެޅުމަށެވެ. އަހަރެން ޝިކާރަކޮށްލުމަށެވެ.

ޝައިޠާނާ އެދުވަހު ވެސް ވިސްނައިދޭން މަސައްކަތްކުރީ އެޕާޓީއަށް ގޮސްލުމަކީ އެއްވެސް ގޯސްކަމެއް ނޫން ކަމަށެވެ. ތަފާތު ވިސްނުމުގެ މީހުންނާއިއެކު ގުޅުން ބަދަހިކުރުމަކީ ކުރަންޖެހޭނެ ކަމެއް ކަމެވެ. އެކަމުން ލިބޭނެ އެއްވެސް ގެއްލުމެއް ނުއޮންނާނެ ކަމެވެ.

ޝައިޠާނާއަށް އެކަން ކާމިޔާބު ނުކުރެވުނީ އަހަރެންގެ ހިތުގެ ސާބިތުކަމުންނެވެ. އަޤީދާގެ ވަރުގަދަކަމުންނެވެ. ކުރިއަށް ދާން އޮތް މިސްރާބު ސާފުކޮށް ކަނޑައަޅައިގެން ހުރުމުންނެވެ. އެ އުމުރުގައިވެސް އެކަންކަން މެދުވެރިވީ ކީއްވެގެން ހެއްޔެވެ؟ އެއީ އަބަދުވެސް މަރުވުމާއި ކައްވަޅުގެ އަޒާބާއި އާޚިރަތް ދުވަހުގެ ކަންކަމާއި ނަރަކައާއިމެދު މައުލޫމާތު ހޯދަމުން ގެންދިއުމުންނެވެ. ދީނީ އިލްމުވެރިންގެ އަރިހުންނާއި ފޮތްތައް ކިޔައިގެންނެވެ. ހިތަށް ބިރުވެރިކަން ވައްދައިގެން ހުރީތީއެވެ. ޝައިޠާނާ އަދާކުރާނެ ދައުރު ވިސްނޭތީއެވެ. ޝައިޠާނާގެ ފިޔަވަޅުތައް ކުރިއަށް އަޅާނެގޮތާއިމެދު ހޭލުންތެރިވެގެން ހުރީތީއެވެ.

ލޮބުވެތި މުސްލިމުންނޭވެ. މިކިޔައިދިނީ އަހަރެންގެ އަމިއްލަ ހަޔާތުގައި ދިމާވި ކަމެއްގެ ވާހަކައެވެ. އަމިއްލައަށް ކޮށްފައިވާ ތަޖުރިބާއެއްގެ ވާހަކައެވެ. ޝައިޠާނާގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ ކަންކަން ހޯދައި ދަސްކުރުމެވެ. މަރާއި ބަރުޒަޚުގެ ޢާލަމާއި ޤިޔާމަތް ދުވަހާއިބެހޭ ވީހައި ގިނަ މައުލޫމާތު އޮޅުންފިލުވައި ހިތަށް ބިރުވެރިކަން ވެއްދުމެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން