މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އިއްޔެ، 16 މެއި ކަމަށް ސަރުކާރުން ކަނޑައެޅުމާއި ގުޅިގެން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ރޯދަ ހިފުމަށްޓަކައި އިއްޔެ ނުކައި ބަނޑަށް ތިބެއްޖައީމުއެވެ. ސުވާލަކީ ރޯދަ ހިފުނުތޯއެވެ؟
ރޯދަ ހިފުނުކަން ނުވަތަ ނޫންކަން ކަނޑައަޅުއްވަވާނީ މާތް ﷲ އެވެ. އެއީ އެހެން އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މާތް ﷲ ގެ އެންގެވުންތަކުގެ ތެރެއިން އެކަން އަމިއްލައަށް ވެސް ބަލައި ފިކުރުކޮށްލެވޭނެ އަދި ރޯދަ ހިފިނުކަމަށް އުންމީދު ކުރެނިދާނެ ނިޒާމެއް އެބައޮތެވެ.
ރޯދަވެރިޔާ ކުރަން މާތް ﷲ އަންގަވައިފައިވާ ކަންތައްތަކުގެ ދިގު ލިސްޓެއް އެބައޮވެއެވެ. އެހެންވީމާ ކޮންމެ ރޯދައެއް ހިފައި ނިމުމުން އެލިސްޓުން އަމަލުކުރެވުނު މިންވަރު ބެލިދާނެއެވެ.
މިސާލަކަށް:
- ނަމާދުކުރުން- ރަވާތިބު ސުންނަތް ކުރުން
- ޤްރްއާން ކިޔެވުން
- ޤްރްއާނުގެ މާނަ އުނގެނެން ދަސްކުރުން
- ޤްރްއާން މުރާޖަޢާކުރުން
- ކީރިތި ޤްރްއާނާއިއެކު ޖުމުލަ ހޭދަކުރީ ކިހާ ވަގުތެއްތަ؟
- ތަރާވީސް ނަމާދު- ދަމުނަމާދުކުރުން
- އެމީހެއްގެ ބެލެނިވެރިކަމުގެ ދާށުގައި ތިބި ބައަކު ލައްވާ އަޅުކަންތައްތައް ކުރުވުން
- އަނބިދަރީންނަށް އެހީވުން
- ފަޤީރަކަށް ކާންދިނުން
- އެހެން މީހަކަށް އެހީތެރިވުން
- މައިންބަފައިންނަށް އެހީތެރިވުން
- ދުރުގައި ހުރި ދަރިފުޅުގެ ކަންކަން ބެލުން
- ރައްޓެހިންނަށްވުރެ އަނބިދަރިންނަށާ ޢާއިލާއަށް އިސްކަންދިނުން
މިއީ ތިމާ އެންމެ ކުޑަމިނުން ކުރަންޖެހޭނެ ކަންކަމުގެ ލިސްޓެއް ކަމުގައި ބެލިދާނެއެވެ. ދެން ބަލައިލަންވީ ކޮށްގެން ނުވާނެ ކަންތައްތަކަށެވެ.
- ރުޅި އައުމާ ރުޅި އިސްކުރުން
- ގިނައިރު ނުނިދުން
- ހަޑިހުތުރު ބަހުރުވައިން ވާހަކަނުދެއްކުން
- ބެލުންތައް ތިރިކުރުން
- އަޑުއަހަން ނުޖެހޭ ވާހަކަތައް އަޑުނުއެހުން
- ވަގުތު ބޭކާރު ނުކުރުން
- ކޮންމެެހެން ބޭނުންވާ ތަކެތި ނޫނީ ނުގަތުން
- އިސްރާފުވާ މިންވަރަށް ނުކެއްކުން
މިއީ ހަމަ އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަންކަން ކަމުގައި ބެލިދާނެއެވެ. ކޮންމެ ރޯދައެއް ހިފައި ނިމުމުން އެދުވަހު އަމަލުކުރެވުނު ގޮތަށް ވިސްނައިލާށެވެ. ކުރެވުނު ކަންކަމާއި ނުކުރެވުނު ކަންކަމަށް ވިސްނާށެވެ. ލިސްޓަށް ބަލައިލާށެވެ. ޓިކްވެސް ކޮށްލާށެވެ. އެއިރުން ތިމާއަށް ރޯދައެއް ހިފިއްޖެ ކަމުގެ އިޙްޞާޞް، ނުވަތަ އެދުވަހަކީ ބޭކާރު ދުވަހެއް ނޫން ކަމުގެ އިޙްޞާޞް އަމިއްލައަށް ކުރެވޭނެއެވެ.