މިއީ އަހަރެންނަށްޓަކައި ކުރަންވީ ކަމެއް ނޫނެވެ. ތިއަބައިމީހުންނަށްޓަކައި ތިއަބައިމީހުން ކުރަންވީ ކަމެކެވެ. އަހަރެން ތިއަބައިމީހުންނާއި ޗެލެންޖުކުރަމެވެ. މާތް ﷲ ގަންދީ ހުވާކޮށް ބުނަމެވެ. ކީރިތި ޤްރްއާން ހުޅުވައި ދުވާލަކު އެންމެ ޢާޔަތެއް ކިޔަމުން ގެންދިއަ ނަމަވެސް އަމިއްލަ ހަޔާތަށް ބަދަލުތަކެއް އަންނަމުންދާނެއެވެ. ކީރިތި ޤްރްއާނަށް އަޅައިލުން ބަހައްޓާށެވެ. މާތް ﷲ ތިއަބައިމީހުން ބަލަހައްޓަވާނެތެވެ.
މާތް ﷲ ކީރިތި ޤްރްއާން ހިމާޔަތް ކުރައްވަވާނެ ކަމަށް ބަޔާންކުރައްވަވާފައި އޮތުމުން އެއިގެ މާނައަކީ ހަމައެކަނި ކީރިތި ޤްރްއާން އެއިގެ އަޞްލާއި އެއްގޮތަށް ޤިޔާމަތާއި ހަމައަށް ހިމާޔަތްކުރެއްވެވުން ކަމަށް މާނަކުރުމަކީ އެއިގެ މާނައިގެ އެންމެ އިންސައްތައެކެވެ. 99 އިންސައްތަ އަދި ބާކީ އޮތީއެވެ.
އެއިގެ މާނައިގައި ހިމެނޭ ކަންކަމުގެ ތެރޭގައި އެމީހެއްގެ ހިތުގައި ކީރިތި ޤްރްއާނުން މިންވަރެއް، ކުރު ސޫރަތެއް ނަމަވެސް ދަސްވެފައިވާނަމަ (އެކަމަށް އެދި މަސައްކަތްކުރާނަމަ) މާތް ﷲ ވަޙީ ކުރައްވަވާފައި ވަނީ އެމީހަކު ހިމާޔަތް ކުރައްވަވާނެ ކަމަށެވެ.
"ތިމަން ﷲ ވަޙީ ކުރައްވަވާފައިވާނީ ކީރިތި ޤްރްއާން ހިމާޔަތް ކުރައްވަވާނެކަމަށް. ތިބާ މަސައްކަތް ކުރަނީ ކީރިތި ޤްރްއާން ހިމާޔަތްކުރަން ކަމަށްވާނަމަ މާތް ﷲ ތިބާ ޙިމާޔަތްކުރައްވަވާނެ. އެއީ ތިބާގެ ހިތުގައި ކީރިތި ޤްރްއާން ވާތީ. މީހެއްގެ އަތުގައި އެންމެ އަގުބޮޑު ޖަވާހިރުވާނަމަ، އެމީހާ މަގުމަތީގައި ހިނގާނީ ބޮޑީގާޑުންތައް ލައިގެން. އެއީ އެމިހާގެ އަތުގައި އޮތް އެތީގެ އަގު އެމީހާއަށް އެނގޭތީ. އެމީހާ ނުރައްކަލުގެތެރޭގައިވާތީ. ނުލަފާ ބައަކު އައިސް އެއެތި ފޭރިގަތުމަސްޓަކައި އެމީހަކު މަރައިވެސް ލައިފާނެކަމަށްޓަކައި."
"ވަﷲ! ޤްރްއާނުގެ އަގު މާބޮޑު. އެހެންވެ އެމީހާގެ (ކީރިތި ޤްރްއާން ހިތުދަސް މީހާގެ) ހިމާޔަތުގައި މަލާއިކަތް ބޭކަލުން ބައިތިއްބަވާނެކަމަށް މާތް ﷲ އަންގަވާފައި އެވަނީ. ޗެލެންޖްތައް ކުރިމަތިވެދާނެ. ދިރިއުޅުމުގައި ގޮންޖެހުންތަކާއި ކުރިމަތިވާނެ. އެއީވެސް މާތް ﷲ ގެ ވަޢުދު ބަސްފުޅެއް. ކޮންމެ ދުވަހަކުވެސް އައު ގޮންޖެހުންތަކާއި ކުރިމަތިވާނެ. ނަމަވެސް މާތް ﷲ އެމިހާއަށް ރައްކައުތެރިކަން ދެއްވަވާނެ. އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެވަޑައިގަތީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް. މަންމާފުޅާ ބައްޕާފުޅު އަވަހާރަވީ، ކާފާފުޅާއި ބޮޑުބޭބޭފުޅު އަވަހާރަވީ، މީސްތަކުންގެ މުޞީބާތްތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތީ. ބޮޑެތި ހަނގުރާމަތައް ކުރައްވަވަން ޖެހިވަޑައިގަތީ. އެންމެ ދަރިކަނބަލަކު ނޫން ހުރިހާ ބޭފުޅުން ރަސުލާ (ޞޢވ) ދުނިޔޭގައި ހުންނަވަނިކޮށް އަވަހާރަވީ. މިހުރިހާ ކަމަކުން ވެސް އެނގެނީ އަހަރެމެންނަކީ މުޞީބާތްތައް ކުރިމަތިވާނެކަން. މާތް ﷲ ގެ ޙަޟްރަތަށް އެނބުރިދާންޖެހޭނެކަން."
- އިޙްޔާ ޕްރޮގްރާމުގައި މިރޭ މުފްތީ މެންކް ދެއްވި ދަރުސުން -