އެންމެ ބޮޑެތި ހަނގުރާމަތައް ހިނގައިދިއައީ ރޯދަމަހުއެވެ. ކަންކަން ހިނގާނެއެވެ. ގޮންޖެހުންތައް ކުރިމަތިވާނެއެވެ. ހިތް މަޑުމޮޅި ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ. މުޞީބާތްތަކާއިއެކުގައިވެސް ހިތް މަޑުމޮޅި ކުރެވޭނަމަ އެއީ މާތް ﷲ ދެއްވަވާ ނިޢުމަތެކެވެ. މާތް ﷲ ގެ ހަޟްރަތުން ލިބޭ ހަދިޔާއެކެވެ.
ކަމެއް ދިމާވުމުން މާޔޫސްވެ ރުޅިގަދަވެ ގޮތް ހުސްވެގެން ތެޅި ފޮޅެވޭނަމަ އެކަމުން އަންގައިދެނީ މާތް ﷲ އާއި ތިބާ އާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރަންޖެހޭ ކަމެވެ.
ކީރިތި ޤްރްއާން އަހަރެމެންނަށް ދަސްކޮށްދެނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ބުއްދި ކުރިއަށް ނެރޭނެ ގޮތާއި އަމަލީ މައިދާނުގައި ކަންކަން ކުރަންވީ ގޮތެވެ.
މީހަކާއިމެދު އަމަލުކުރާނަމަ އަދި ބަހެއް ބުނި ނަމަވެސް ބުނަންވާނީ އެބަހެއް ބުނުމުން އެމީހަކަށް އިޙްސާސްކުރެވޭނެ ގޮތަށް ވިސްނައި ސަމާލުކަންދީގެންނެވެ.
"ތަޤްރީރެއް ކުރުމުން ހަމަ އެ ތަޤްރީރުގެ ސަބަބުން ސަވާބުލިބޭނެ ކަމަކަށް ވެދާނެ ކަމަށާއި އަދި އަޒާބު ލިބޭނެ ކަމަކަށްެވެސް ވެދާނެ ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައި އެވަނީ އެސަބަބަށްޓަކައި. މީހުންނަށް ސަލާމްކުރޭ. ހިނިތުންވެލާ. އެއީ ކޮންމެ ބައެއް ނަމަވެސް. މީސްތަކުންނާ ވާހަކަ ދައްކަން ޖެހޭނީ އުންމީދު ލިބޭ ގޮތަށް. ތިބާ އެމީހުންނާއިމެދު އަމަލުކުރާ ގޮތަކަށް މާތް ﷲ ތިބާ އާއިމެދު އަމަލުކުރައްވަވާނީ."
- އިޙްޔާ ފޯރަމްގައި ރޭ މުފްތީ މެންކް ދެއްވި ދަރުސުން -