ރޯދަމަހާއި ގުޅުވައިގެން މުދަލުގެ އަގު ބޮޑުކުރަން ހެޔޮނުވާނެ - ބިރުވެތިވޭ!: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ރޯދަމަހާއި ގުޅުވައިގެން މުދަލުގެ އަގު ބޮޑުކުރަން ހެޔޮނުވާނެ - ބިރުވެތިވޭ!: ޝައިޚް ޢަލީ ޒާހިރު
ރޯދަ މަހަކީ ގިނަ އަދަދަކަށް ތަކެތި ވިކޭ، ޑިމާންޑް ބޮޑު މަހަކަށްވާތީ މުދަލުގެ އަގުތައް ބޮޑުކުރަން ހެޔޮނުވާނެއެވެ. މުދާ ނުވަތަ ތަކެތި ގަންނަން އުޅޭނީ ހަމައެކަނި މުއްސަނދިންނެއް ނޫނެވެ. ނިކަމެތިންވެސް އުޅޭނެއެވެ. ފުދުންތެރިކަން ނެތް މީހުންވެސް އުޅޭނެއެވެ.

އެކަންކަން އިޙްޞާޞްކުރެވޭ މީހާ ނާޖާއިޒު ގޮތުގައި މުދަލުގެ އަގެއް ނުއުފުލާނެއެވެ. ބަލާނީ ވީހައި ހެޔޮއަގެއްގައި ތިމާގެ އަޚާއަށް ބޭނުންވާ ތެކެތި ފޯރުކޮށްދީގެން އެކަމުން ސަވާބެއް ހޯދުމަށެވެ. އޭނާ ހިސާބު ޖަހާނީ ހަމައެކަނި ދުނިޔަވީ ހިސާބުތަކަކުން ނޫނެވެ. އުޚުރަވީ ހިސާބުތަކަކުންވެސް އެމީހާ ވިސްނާނެއެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި މުދަލުގެ އަގު ކިރިޔާވެސް އުފުލަންވަނީ ހަމަ އެނޫން ގޮތެއް ނެތިގެންނެވެ. މުދައު ބާޒާރުގައި މަދުވުމަކުން ނޫނެވެ. ގިނައިން ވިކޭތީއެއްވެސް ނޫނެވެ.

ބަލަންވީ މައްކާގައި އިންތިހާއަށް މުދަލަށް ދަތިވެފައި އޮއްވައި ޢުޘްމާންގެފާނު ގެންނެވި މުދާ ޤާފިލާއާއިމެދު އަމަލުކުރެއްވެވި ގޮތަށެވެ. މައްކާގެ އަހުލުވެރިން ކޮންމެ އަގެއްދީފައި ނަމަވެސް މުދައުތައް ގަންނަން ބޭނުންވެ އަގު ހުށަހަޅަމުން ދަނިކޮށް މާތް ﷲ ގެ ޙަޟްރަތުން ސަވާބަށް އެދިވަޑައިގެން މުދައު ޤާފިލާގައި ހުރި ހުރިހާ މުދަލެއް ދީލަތިކަމާއިއެކު ބައްސަވައިލެއްވި ގޮތަށެވެ. މާތް ﷲ ގެ ޙަޟްރަތުން ލިބެން އޮތް ސަވާބަށް އެދިވަޑައިގެން ޞަދަޤާތް ކުރެއްވެވި ގޮތަށެވެ.

"ބޭކަލުންނޭވެ. ވިޔަފާރިއަކީ ފައިދާއަށް ކުރަންޖެހޭ ކަމެއް. ނަމަވެސް މީހުންގެ ޙާލަތަށް ރިޢާޔަތްކުރަންޖެހޭނެ. ސަލަފުއްޞާލިހުންގެ ޒަމާނުގައި ވިޔަފާރިކުރަން އެބޭކަލުންގެ ގާތަށް ދިއުމުން އަޚާގެ އަތުން ވިޔަފާރި ކުރުމުގެ ފުރުޞަތު ހޯއްދަވައިދެއްވުމަށް އެބޭކަލުންގެ ގާތަށް ފޮނުއްވަވާފައި އެބަހުރި. މިއަދު އަޅުގަނޑުމެންގެ ޚިޔާލާއި ފިކުރު މާދިއްޔަތަށް ގޮސް ހުސްވީމާ މިބާވަތުގެ ވާހަކަތައް ވާނީ ބޮޑު ޖޯކަކަށް. އެހެން ނަމަވެސް ބޭފުޅުންނޭ މީހަޤީޤަތް."

- ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން -
މިއަދު އޮންލައިން