މީހަކު ބަލިވުމުން ބައެއްފަހަރު މިވެނި އާޔަތްތަކެއް ކިޔަވަން އެބަ ބުނެއެވެ. ނަމަވެސް އަހަރެން ބުނަނީ ފެށުނީންސުރެ ނިޔަލަށް ކިޔެވުމަށެވެ. އެއީ މީހާއަށް ޖެހިފައި ހުރީ ކޮންކޮން ބަލިތަކެއްކަމެއް ނުއެނގޭތީއެވެ. އެހުރިހާ ބަލިތަކެއްގެ ޝިފާ ކީރިތި ޤްރްއާނުގައިވާތީއެވެ.
ކީރިތި ޤްރްއާން ކިޔެވުމުން ޝިފާ ލިބޭނީ ހަމައެކަނި ރޫހާނީ ބަލިތަކަކަށް ނޫނެވެ. އިންސާނާއަށް ޖެހޭ ހުރިހާ ބަލިތަކަކަށްވެސް ޝިފާ ލިބޭނެއެވެ.
އާޔަތުލް ކުރުސިއަކީ ޙިމާޔަތެކެވެ. ސޫރަތުލްފާތިހާ (އަލްޙަމްދު) އަކީ ޙިމާޔަތެކެވެ. ކޮންމެ ޙާފިޡެއްގެ ހިމާޔަތުގައި މާތް ﷲ މަލާއިިކަތުން ބައިތިއްބަވާނެތެވެ. އަހެރެމެންނަށް ނުފެންނަނީއެވެ. އެއީ އޭނާގެ ހިތުގައި (އަތުގައި) ދުނިޔޭގައިވާ އެހެން ހުރިހާ އެއްޗަކަށްވުރެ އަގު ބޮޑު ޖައުހަރު (ޤްރްއާން) އޮތުމުންނެވެ.
ކީރިތި ޤްރްއާނުން އެންމެ އާޔަތެއް ނަމަވެސް ކިޔަވަން، ހިތުދަސްކުރަން މިބުނަނީ މި ސަބަބުތަކަށްޓަކައެވެ. ކުޅަދާނަކަން ހުރިނަމަ އިތުރުކުރާށެވެ. ނަމަވެސް ހަމައެކަކުވެސް ކޮންމެ ދުވަހަކު އެންމެ އާޔަތެއް ނުކިޔަވައި ހުރެގެން ނުވާނެއެވެ.
ހިތުދަސްކުރަން އުނދަގޫ ބައެއް މީހުން ހަފްތާއަކު އެންމެ އާޔަތެއް ނަމަވެސް ހިތުދަސްކުރުމުން ދިރިއުޅުމަށް ބަދަލުތައް އަންނަކަމަށް ބައެއް މީހުން އަހަރެންގެ ގާތުގައި ބުނެފައި އެބަހުއްޓެވެ. އެމީހުން ބުނަނީ އެމީހުންނަށް މައްސަލަތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެމީހުން ތިބެނީ ހިތަށް ހިތްހަމަޖެހުން ލިބިގެން ކަމަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ހިތުގެ ބަލިތަކުގެ ޝިފާ ކޮބައިހެއްޔެވެ؟ އެ ބަލިތަކުގެ ޝިފާ ވަނީ ކީރިތި ޤްރްއާނުގައެވެ.
ދުވަސް ފަށަނީ ކީރިތި ޤްރްއާނުން ކަމަށް ހަދާށެވެ. ތިބާގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ ޔަޤީންކަން ދެމެވެ. އެއީ މާތް ﷲ ގެ ވަހީ ބަސްފުޅުތަކުން ލިބޭ ޔަޤީންކަމެކެވެ.
- އިހްޔާ ފޯރަމްގައި ރޭ މުފްތީ މެންކް ދެއްވި ދަރުސުން -