މަސްޖިދު މުހައްމަދު ތަކުރުފާނުލްއަޢްޒަމްގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު އައްޝައިޚް އަޙްމަދު ފަހުމީ ދީދީ ދެއްވި ދެއްވި ދަރުސް ޚާއްޞާކުރެއްވީ ރިޝްވަތު ދިނުމާއި ހިފުމުގެ ހުރި ނުބައި ކަމުގެ މައްޗަށެވެ.
ޝައިޚް ފަހްމީ ދީދީ ޙަދީޘް ފުޅުގައި އައިސްފައިވަނީ ރިޝްވަތު ހިފާ މީހާއަށާއި ދޭ މީޙާއަށް މާތްﷲ ލަޢްނަތް ލެއްވެވި ކަމަށެވެ. ލަޢްނަތް ލެއްެވެވުމަކީ ކޯފާ ލެއްެވެވުން ކަމަށެވެ.
ރިޝްވަތަކީ މީހެއްގެ ނުވަތަ ބައެއްގެ ކިބައިން ނުރަނގަޅު ގޮތުގައި ކަމެއް ނުވަތަ ކަންތައްތައްތަކެއް ޙާޞިލުކުރުމަށް ދެވޭ އެއްޗެކެވެ. ވަޒީފާއެއްގެ ބޭނުމުގައި ނަމަވެސް އެސްޓިމޭޓެއް ކާމިޔާބުކުރުމުގެ ބޭނުމުގައި ނަމަވެސް ޙައްޤު ނޫން ގޮތުގައި ހޯދައިގަތުމަށް ދެވޭ އެއްޗެކެވެ. ރިޝްވަތުދިނުމަކީ ދުނިޔެ ފެށުނީންސުރެ ބޮޑު ވަބާއަކަށް ވެފައިވާ ކަމެކެވެ.
ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ މާތް ﷲ ޙަރާމްކުރައްވަވާފައިވާ ކަންކަމެވެ. ރިޝްވަތުގެ ގޮތުގައި ދެނީވެސް އަދި ހިފައިގެން ކައި ހަދަނީވެސް ހަރާމް ފައިސާއެވެ.
ރިޝްވަތު ރިޝްވަތަކަށްވަނީ ވަކި މީހަކު ދޭން ބުނުމުންކަމެއް، ވަކިމީހަކު އެއެއްޗެއްގައި ހިފުމުން ކަމެއް، ވަކި މީހަކު ދީފާނެ ކަމަށް ތުހުމަތުކުރެވެމުން ކަމެއް، ވަކިމީހަކު ދިނުމުން ކަމެއް ނުވަތަ ކޮންމެ މީހަކު ނަމަވެސް ދިނުމުން ކަމެއް ދަރުސުން ސާފެއް ނުވެއެވެ.