ނަސޭޙަތެއް: ރޯދައަށްހުރެ ނެތުމޮށުމުން ރޯދަ ނުގެއްލުނު ކަމުގައި ވިޔަސް ލިބެންވާ ސަވާބުކޮޅު އުނިވޭ!

ކިޔުމަށް ހޭދަވާނީ 1މ 14ސ
ނަސޭޙަތެއް: ރޯދައަށްހުރެ ނެތުމޮށުމުން ރޯދަ ނުގެއްލުނު ކަމުގައި ވިޔަސް ލިބެންވާ ސަވާބުކޮޅު އުނިވޭ!
ނެތިމޮށުމަކީ ނުވަތަ މީހުން ނެތްތާނގައި އެމީހުންގެ ނުބައި ވާހަކަ ދައްކާ ޣީބަ ބުނުމަކީ، މިޒަމާނުގައި ވަރަށް ގިނަ މީހުން ކޮށްއުޅޭ ވަރަށް ވެސް ނޭދެވޭ ކަމެކެވެ.

ނެތިނުމޮށުމަށް އަޅުގަނޑުމެންގެ އިސްލާމްދީން ވެސް ނުހަނު ބޮޑަށް ބާރު އަޅައެވެ. ސަބަބަކީ މިއީ ފާފައާއި ގެއްލުމުން ފުރިގެންވާ ކަމެއް ކަމުގައިވުމެވެ.

ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ ކިބައިގައި މިނުބައި އާދަ އަށަގެންފައި ހުރުމާއިއެކު، ބަރަކާތްތެރި ރަމަޟާން މަހުވެސް މިނުބައި އަމަލު ކުރަމުން ބައެއް މީހުން ގެންދެއެވެ.

"ރޯދައަށް ހުރެ ނެތިމޮށުމުން ރޯދަ ގެއްލޭތޯ؟" މިއީ ބައެއް މީހުން ކޮށްފައިވާ ސުވާލެކެވެ. މިސުވާލަށް ޖަވާބު ދެއްވަމުން ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވެފައިވަނީ ރޯދައަށް ހުރެ ނެތިމޮށުމަކުން ރޯދަ ނުގެއްލޭނެ ކަމަށެވެ. އެހެންނަމަވެސް އެފަދަ މީހަކަށް (ނެތިމޮށޭ މީހަކަށް) ރަމަޟާން މަހު ލިބެންވާ ގިނަގުނަ ސަވާބުން ބައެއް އުނިވެގެން ދާނެ ކަމަށެވެ.

"ނެތިމޮށުމަކީ އިސްލާމް ދީނުގައި ނަޙީ ކުރައްވާފައިވާ ކަމެކެވެ. ޚާއްސަކޮށް ރަމަޟާން މަހު އެވެ. ނެތިމޮށޭ މީހާ އެޢަމަލު ކުރުމަކުން އޭނާގެ ރޯދަ ނުގެއްލޭ ހުއްޓެވެ. އެހެންނަމަވެސް އޭނާއަށް ލިބޭ ސަވާބުން ބައެއް އުނިވެގެން ދާނެއެވެ."

ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ހަމަކަށަވަރުން ރަމަޟާން މަހު ރޯދައަށް ހުރުމަކީ ހަމައެކަނި ނުކައިނުބޮއެ ހުރުމެއް ނޫނެވެ. ތިޔަބައިމީހުންގެ ދޫތައް ރައްކާތެރި ކުރުމާއި (ރޯދައަށް ހުރެ) އެދުން ފުއްދުމުން ބަރީޢަވެގެން ތިބުމަކީ ވެސް ރޯދައިގެ ބައެކެވެ." (ތިރްމިދީ)

މަސްދަރު: އިސްލާމް ވެބް
މިއަދު އޮންލައިން