ދީނީ އިލްމުވެރިންނަށް ފާޑުކިޔުމަކީ ޣީބަބުނުން - ފާޑުކިޔޭނީ ވިދާޅުވި ބަސްފުޅަށް ހަމަ އެފެންވަރުގެ ޢިލްމުވެރިއަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ދީނީ އިލްމުވެރިންނަށް ފާޑުކިޔުމަކީ ޣީބަބުނުން - ފާޑުކިޔޭނީ ވިދާޅުވި ބަސްފުޅަށް ހަމަ އެފެންވަރުގެ ޢިލްމުވެރިއަކަށް!
ދީނީ އިލްމުވެރިއަކު އެމީހަކު ނުރުހޭ ކަމެއްގެ ވާހަކަ ދައްކަވަައިފިނަމަ ދީނީ އިލްމުވެރިޔާއަށް ފާޑުކިޔައި އެ އިލްމުވެރިޔާގެ ފިކުރާއި ހުންނަވާ ސިފަފުޅާއި މިހެން ގޮސް ހިތަށް އެރިހައި ކަމަކާއި ބެހެވޭތަން އެބައާދެއެއެވެ.

މިފަދަ ކަންކަން ކުރާއިރު ވިސްނައިލަންވީ ކަމަކީ ދީނީ އިލްމުވެރިޔާއަށް އަމާޒުކޮށް ހައްޤު ނޫން ބަސްތައް ބުނުމަކީ ޣީބަ ބުނުން ކަމެވެ. އެކަމަށް ޤިޔާމަތް ދުވަހު އަގު ދައްކަންޖެހޭނެ ކަމެވެ. ތިމާއަށް ކުރެވިފައިވާ ހެޔޮ އަމަލުތަކުން ބައިއަޅައި އަތުލެވިގެންދާނެކަމެވެ.

ދީނީ އިލްމުވެރިއަކު ފަތުވާއެއް ނެރުއްވެވީމާ އެއަށް ފާޑުކިޔުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ. ދީނީ އިލްމުވެރިއެއްގެ ބަސްފުޅަށް ފާޑުވިދާޅުވެވޭނީ ހަމަ އެފެންވަރުގެ ނުވަތަ އެއަށްވުރެ މޮޅަށް ދެނެވަޑައިގަންނަވާ ދީނީ އިލްމުވެރިއަކަށެވެ.

ދީނީ ޢިލްމުވެރިން ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތާއި ޙަދީޘުން ހެކި ދައްކަވައި ބަސްފުޅުތައް ވިދާޅުވީމާ ވެސް ބައެއް މީހުން ޝައިޚުންނަށް އެބަ ފާޑުކިޔައެވެ. ފާޑުކިޔަންޖެހޭނީ ޝައިޚަކަށް ނޫނެވެ. ޝައިޚުގެ ފިކުރަކަށްވެސް ނޫނެވެ.

ޝައިޚަކު ކީރިތި ޤްރްޢާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތުން ހެކި ދައްކަވައި ކަމެއް ބަޔާންކުރެއްެވެވީމާ ޝައިޚުގެ ފިކުރު ވަރަށް ސާފެވެ. އެއީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ (ޞޢވ) މަތިވެރިކުރެއްވުމުގެ ފިކުރެވެ. މާތް ﷲ ގެ ކަލިމަފުޅު މަތިވެރި ކުރެއްވުމުގެ ފިކުރެވެ.

ދީނީ އިލްމުވެރިންެގެ ލިޔުއްވުންތަކުގައި، ބަސްފުޅުތަކުގައި އެމީހަކަށް ކުރިން އެނގިފައި އޮތްގޮތާއި ތަފާތު ކަމެއް އޮވެއްޖެ ނަމަ ސުވާލު ކުރުމަކީ ތަފާތު ކަމެކެވެ. އަދި އިތުރަށް ކަމެއް އޮޅުންފިލުވަން ބޭނުންނަމަ އެކަމެއްގެ ވާހަކައިންވެސް ސުވާލުކުރެވިދާނެއެވެ. ނަމަވެސް އެއިގެ ބޭރުން ތިމާ ނުވަތަ ތިމާ ތާއީދުކުރާ ސިޔާސީ ޕާޓީގެ ފިކުރާއި ދީނީ އިލްމުވެރިޔާގެ ބަސްފުޅާއި ތަފާތުވުމުން ބަސްފުޅު ވިދާޅުވި ދީނީ އިލްމުވެރިޔާއަށް ޒާތީ ބަސްތައް ބުނުން ހިމެނިގެންދާނީ ޣީބަބުނުމުގެ ތެރެއިންނެވެ.

ދީނީ ޢިލްމުވެރިންގެ ބަސްފުޅުތަކަށް ނުވަތަ އިލްމުވެރިންނަށް ފާޑުކިޔާއިރު ފުރަތަމަވެސް ވިސްނަންޖެހޭނީ އެއީ އިސްލާމް ދީން މަތިވެރިކުރެއްވުމަށް މަސައްކަތްޕުޅުކުރައްވަވާ ރަސޫލުން ކަމެވެ. ނަބީކަމާއި އަދި ރަސޫލުކަމާއިގެން އިތުރު ރަސޫލުބޭކަލަކު ދެން މާތް ﷲ ނުފޮނުއްވަވާނެތެވެ.

މިއުންމަތުގެ ނަބިއްޔާ މުޙައްމަދު (ޞޢވ) އާއި ހަމައިން އެކަންތައް ވަނީ ޚަތިމްވެ ނިމިފައެވެ. ނަބީ ބޭކަލުންނާއި ރަސޫލުބޭކަލުން އަދާކުރެއްވެވި މަސްއޫލިއްޔަތު ދެން އަދާކުރައްވަވާނީ ދީނީ އިލްމުވެރިންނެވެ. ވީމާ އެބޭކަލުން އެބޭކަލުންގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާއިރު އެބޭފުޅުންނަށް ޣީބަބުނުމަކީ ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ.

ސިޔާސީ ބޭނުމަކު، ނުވަތަ މަޤާމުގެ ބޭނުމަކު ނުވަތަ ލިބޭ ފައިސާގެ ދަހިވެތިކަމުގައި އެފަދަ އަމަލުތައް ނުކުރާށެވެ. ތިބާއަށްޓަކައި އެއްވެސް ސިޔާސީ ލީޑަރަކަށް، ޕާޓީއަކަށް، ސަރުކާރަކަށް އަދި އެއްވެސް ކުލައަކަށް ކުރެވޭނެ ހަމައެއްވެސް ކަމެއް ނުއޮންނާނެ ޤިޔާމަތް ދުވަހަށް ވިސްނާށެވެ.

ރާއްޖޭގައި މިހާރު އުފެދިފައި މިވާ ޝައިޠާނީ ފިކުރު މަތިވެރިކުރުމުގެ ސިޔާސަތުގައި ޖެހި ނުއެގި ތިބެ ނަމަވެސް ތިމާގެ އާޚީރަތް ނަގާލަން މަސައްކަތްކުރާ މީހުން ވިސްނުންތެރިކަމާއިއެކު ޝައިޚް މުޙައްމަދު މަންޞޫރުގެ މި ނަޞޭޙަތްކޮޅު އަޑުއައްސަވައިލެއްވުން ރަނގަޅުވާނެއެވެ.

ޝައިޚް މުޙައްމަދު މަންޞޫރުގެ ބަސްފުޅު (އޯޑިއޯ):
މިއަދު އޮންލައިން