ސޯޝަލް މީޑިއާގައި ފޮޓޯ އާންމު ކުރުމަކީ، އެސްފިނާ ޖެހުމަށް ދެވޭ ދައުވަތެއް: މުފްތީ މެންކް

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 38ސ
ސޯޝަލް މީޑިއާގައި ފޮޓޯ އާންމު ކުރުމަކީ، އެސްފިނާ ޖެހުމަށް ދެވޭ ދައުވަތެއް: މުފްތީ މެންކް
މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް އޭނާގެ ދަރުސެއްގައި ވިދާޅުވެފައިވެއެވެ.

"ފޭސްބުކް އާއި އިންސްޓަގްރާމް އަދި މިނޫންވެސް ސޯޝަލް މީޑިއާގައި ތިމާއާއި ތިމާ ކުރާކަންތައްތަކުގެ، ނުވަތަ ކައިބޮއެ އުޅޭ އެއްޗެހީގެ ފޮޓޯ ނަގާފައި ލުމަކީ މިޒަމާނުގައި މީހުން ވަރަށް ގިނައިން ކޮށް އުޅޭ ކަމެކެވެ.

މިފަދަ މީހުން ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް، ނުވަތަ އެއްޗެއް ކައިބޮއެ އަދި ތިމާގެ އަމިއްލަ ފޮޓޯވެސް ނެގުމާއިއެކީ އެންމެ އަވަހަށް ކުރާ އެއްކަމަކީ ސޯޝަލް މީޑިއާ އަށް އެފޮޓޯލުމެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެސްފިނާ ޖެހުމަކީ ޖޯކެއް ނޫނެވެ. އެއީ ޙަގީގަތެކެވެ. އަދި މިފަދައިން ފޮޓޯތައްލާ އާންމު ކުރުމަކީ، އަހަރުމެން އަމިއްލައަށް އަހަރުމެންނަށް އެސްފިނާ ޖެހުމަށް ދެވޭ ދައުވަތެކެވެ.

ޥައްﷲ، ބައެއް މީހުން އެމީހުން ކޮންމެ ދުވަހަކު ކާހުރިހާ އެއްޗެއްގެ ފޮޓޯއާއި ލާ ހެދުންތަކުގެ ފޮޓޯ އަދި ދާތަންތަނުގެ ފޮޓޯ، ސޯޝަލް މީޑިއާއަށް ލާފައި ހުންނަތަން އަހަންނަށް ފެނިފައި އެބަހުއްޓެވެ.

އެމީހެއްގެ އަމިއްލަ ފޮޓޯގެ އިތުރުން، އެމީހުންގެ ދަރީންގެ ފޮޓޯވެސް ސޯޝަލް މީޑިއާގައި އާންމު ކުރާ މީހުން މަދެއް ނޫނެވެ. ދަރިފުޅަށް އައު ހެދުމެއް، އައު ކުޅޭ އެއްޗެއް ގަނެދެވޭހިނދު ނުވަތަ ދަރިފުޅު އުފާވާނެ ތަނަކަށް ގެންދެވޭހިނދު، ގިނަ މީހުން އެންމެ އަވަހަށް ކުރާކަމަކީ ދަރިންގެ ފޮޓޯނަގާފައި ސޯޝަލް މީޑިއާގައި އާންމުކުރުމެވެ.

މިއީ ތިމާގެ ދަރީންނަށް ވެސް ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ އެފަދަ ފޮޓޯ ފެންނާނެ އެންމެންނަކީ ތިމާގެ މައްޗަށް ވެސް އަދި ދަރީންގެ މައްޗަށް ވެސް ހިތްހެޔޮ ބަޔަކަށް ނުވާނެތީއެވެ. އެފޮޓޯތައް ފެނުމުން، އެފަދަ މީހުންގެ ހިތުގައި ހަސަދަވެރިކަން އުފެދުމުން، އެއީ ތިމާއަށާއި ދަރީންނަށް އެސްފިނާއެއް ޖެހުމަށް މަގުފަހިފާ ކަމެކެވެ. އަދި އެންމެ ފަސޭހައިން އެސްފިނާ ޖެހެނީ ތިމާއާއި އެންމެ ގާތް މީހުންގެ ފަރާތުންކަން ވެސް ދަންނާށެވެ.

ތިމާއަށް މޮޅުކަމެއް ލިބޭހިނދު އެކަމެއް އެހެން މީހުންނަށް އާންމުކުރަން ހިތައް އެރުމުން، ސޫރަތުލް ޔޫސުފް އިން އިބްރަތް ލިބިގަންނާށެވެ. އެސޫރަތުގައި މާތް ﷲ ވަޙީ ކުރެއްވެވި އާޔަތުގެ މާނައިގާވެއެވެ.

'ޔޫސުފްގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު ހަނދުމަ ކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން އެގާރަ ތަރިއާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ އެތަކެތި ތިމަންކަލޭގެފާނަށް ސަޖިދަ ކުރާތީއެވެ.' (ސޫރަތުލް ޔޫސުފް: 4 ވަނަ އާޔަތް)

'އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބެމެންނަށް ކިޔައި ނުދޭށެވެ! ފަހެ، އެއުރެން ތިބާޔަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން ޝައިޠާނާއަކީ އިންސާނާއަށްހުރި ފާޅުވެގެންވާ އަދާވާތްތެރިއެކެވެ.' (ސޫރަތުލް ޔޫސުފް: 5 ވަނަ އާޔަތް)

ޔޫސުފް އަލައިޙިއްސަލާމްގެ ބޭބޭފުޅުންނަށް އެހުވަފެން ކިޔާނުދެއްވުމަށް އެކަލޭގެފާނުގެ ބައްޕާފުޅު ޔައުޤޫބް އަލައިޙިއްސަލާމް ވިދާޅުވީ، އެކަލޭގެފާނާއިމެދު އެބޭކަލުން ހަސަދަވެރިވެ ޔޫސުފްގެފާނާއިމެދު ނުބައި ރޭވުމެއް ރާވައިފާނެތީއެވެ.

ހަސަދަވެރިވުމާއި ބެހޭ ގޮތުން އިތުރު ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

''ހިކި ލަކުޑިގަނޑެއްގައި ރޯވާ ފަދައިން، ހަސަދަވެރިވާ މީހެއް ކުޅަ ހެޔޮ ޢަމަލުތަކުގައި ވެސް ރޯވެގެން (އެޢަމަލުތައް ގެއްލިގެން) ދެއެވެ."

ގުޅުންހުރި ވީޑިއޯ:



މިއަދު އޮންލައިން