މިއަދު ގުންފައި ޖަހަމުން ފައިވާނާ ބޫޓުގެ ކަށިތައް ބިމަށް ހަރަމުން ހިނގާއިރު އެ ބިމަކީ މާދަމާ ތިބާގެ ކައްވަޅު ކަމަށްވެދާނެ ކަމަށް ބިރެއް ނުގަނޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މިއަދު ގުންފައި ޖަހަމުން ފައިވާނާ ބޫޓުގެ ކަށިތައް ބިމަށް ހަރަމުން ހިނގާއިރު އެ ބިމަކީ މާދަމާ ތިބާގެ ކައްވަޅު ކަމަށްވެދާނެ ކަމަށް ބިރެއް  ނުގަނޭތަ؟
މިއަދު ގުންފައި ޖަހާފަ، ފައިވާނާ ބޫޓުގެ ކަށިތައް ބިމަށް ހަރަމުން ހިނގައި ދުވެ އަދި ފުމެ ހަދާއިރު އެ ބިމަކީ މާދަމާ ތިބާގެ ކައްވަޅު ކަމަށްވެދާނެ ކަމަށް ބިރެއް ނުގަނޭހެއްޔެވެ؟

ހަމައެކަނި ބިމަށް ތޫނު ކަށިތަކާއި އުންތައް ހަރައި ބިންގަނޑަށް ބޮޑެތި އަނިޔާތައް ކުރަނީއެއްވެސް ނޫނެވެ. ތޫނު ކަށިތައް ހުންނަ ފައިވާންތަކަށާއި ބޫޓުތަކަށް އަރައި ތިބެގެން މާތް ﷲ ނަހީ ކުރައްވަވާފައިވާ ވައްތަރުތައްވެސް ޖައްސަނީއެވެ. ނެށުމުގެ ނަމުގައި ބިމަށް ކަށިހަރަމުން ބަރަހަނާވެސް ވަނީއެވެ.

މީސްތަކުންނޭވެ މިއީ އިތުރަށް ވިސްނައިލަންޖެހޭނެ ކަންކަމެވެ. މާދަމާ އިރުއޮއްސެންދެން ނުވަތަ މިއަދު އިރުއޮއްސެންދެން ތިބާއަށް ދުނިޔޭގައި ހުރެވޭނެކަން ޔަޤީންވަނީ ހެއްޔެވެ؟ ރޭގަނޑު ނެށުމުގައި ބޫޓުގެ ކަށިތައް ބިމަ ހަރަމުން ގެންދާއިރު އިރުއަރަންދެން ތިބާއަށް ދުނިޔޭގައި ހުރެވޭނެކަން ޔަޤީންވަނީ ހެއްޔެވެ؟

ހަސަނުލްބަސިރީ ވިދާޅުވެފައިވަނީ ބިމުގައި ހިނގާއިރު އެބިމަކީ ކޮންމެ ވަގުތަކު ނަމަވެސް ތިބާގެ ކައްވަޅަށް ވެދާނެ ކަމަށް ބަަލައިގެން ބިމުގައި ފިޔަވަޅު އަޅާށެވެ.

މިބަސްފުޅުގެ މާނައަކީ ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ ހަމަ ކޮންމެ ވަގުތަކުވެސް މަރު އައިސް ތިމާ އާއި ބައްދަލުކޮށްފާނެ ކަމަށް ބަލައިގެން ކަމެވެ. ހަމަ ކޮންމެ ވަގުތަކުވެސް ކައްވަޅަށް ދާން ޖެހިދާނެ ކަމަށް ބަލައިގެން ނޫނީ އެއްވެސް ކަމެއް ނުކުރުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން