ރޯދަ، ރޯދައިގެ ގޮތުގައި ހިފުމަށްޓަކައިވެސް އެންމެ މުހިންމީ ޝައިތާނާގެ ކިބައިން ސަލާމަތްވެ ހުރުމެވެ. އަލްޙަމްދު އަދި އާޔަތުލް ކުރުސި ކިޔެވުމުން ވެސް ޝައިޠާނާގެ ކިބައިން މާތް ﷲ އެމީހާ ރައްކައުތެރި ކުރައްވަވާނެތެވެ.
އާޔަތުލްކުރުސި ހެނދުނު ކިޔަވައިފި މީހަކަށް ހަވީރުވަންދެން ޝައިޠާނާގެ ކިބައިން ސަލާމަތްކަން ލިބޭނެއެވެ. ހަވީރު ކިޔައިފި މީހަކަށް ރޭގަނޑާއިއެކު ސަލާމަތްކަން ލިބޭނެއެވެ. އަދި ކިޔަވަން މިނޫންވެސް ޛިކުރުތައް އެބަހުއްޓެވެ.
ރަމަޟާން މަހަކީ މުސްލިމުންނަށް އެންމެ ބޮޑެތި ނަޞްރުތައް ލިބުނު މައްސަރެވެ. ބަދުރު ހަނގުރާމައާއި މައްކާ ފަތަހަކުރުމަކީ ވެސް ރަމަޟާން މަހު ލިބިފައިވާ ނަޞްރެވެ. މިނޫންވެސް އެތައް ގިނަ ނަޞްރުތަކެއް ރަމަޟާން މަހު ވަނީ ލިބިފައެވެ.
ޖެނީވާ ކޮންވެންޝަންގެ މާކުރިން، މީގެ 1400 އަހަރުކުރިން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ދުނިޔެއަށް އިންސާނީ ޙައްޤުތައް ދަސްކޮށްދެއްވަވައިފައެވެ. އެއްވެސް މީހަކަށް އަނިޔާވެރިވުމަކީ އިސްލާމް ދީނުގައި އޮތްކަމެއް ނޫންކަން ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. މައްކާ ފަތަހަ ކުރެއްވެވި ދުވަހު އަމަލުފުޅު ކުރެއްވެވި ގޮތް އެއީ އެކަމުގެ ލާމަސީލު މިސާލެވެ.
- މިރޭގެ އިޙްޔާ ޕްރޮގްރާމުން. މިރޭގެ އިޙްޔާ ޕްރޮގްރާމްގައި ދަރުސް ދެއްވީ އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް އާއި އިބްރާހީމް ރަޝީދު މޫސާއެވެ.