ޤިޔާމަތް ދުވަހު ޤްރްއާން ކިޔެވުމަށް ޤްރްއާނުގެ އަހްލުވެރިންނަށް އަންގަވާނެ! ‍- ތިއަ ކިޔަވަނީ އެދުވަހު ކިޔަވާނެ ގޮތަށްތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޤިޔާމަތް ދުވަހު ޤްރްއާން ކިޔެވުމަށް ޤްރްއާނުގެ އަހްލުވެރިންނަށް އަންގަވާނެ! ‍- ތިއަ ކިޔަވަނީ އެދުވަހު ކިޔަވާނެ ގޮތަށްތަ؟: މުފްތީ މެންކް
މިއީ އަހަރެން އަލަށް ދައްކާ ވާހަކައެއް ނޫނެވެ. މީގެ ކުރިންވެސް ދައްކާ ވާހަކައެކެވެ. ރަމަޟާން މަސް ފެށި ގިނަ ބައަކު ކީރިތި ޤްރްއާން ކިޔަވާނެތީ ހަނދާންކޮށްލެދެނީއެވެ.

ކީރިތި ޤްރްއާން ކިޔަވައި ހިތުދަސްކޮށް، އަދި ކީރިތި ޤްރްއާނުން ބައެއް ނަމަވެސް ކިޔަވައި ހިތުދަސްކޮށް އެއަށް އަމަލުކުރި މީހުންނަށް ޤިޔާމަތް ދުވަހުން އަންގަވާނެތެވެ. "ދުނިޔޭގައި ތިބާ ޤްރްއާން ކިޔަވައި އުޅުނު ގޮތަށް ކިޔަވާށެވެ!"

ތިބާއަކީ އެގޮތަށް އެންގެވޭ މީހެއް ކަމުގައި ވެދާނެއެވެ. އެ ފުރުޞަތު ލިބިއްޖެނަމަ ތިބާ ކިޔަވަން ބޭނުންވާނީ ވީހައި ރީތިކޮށް ވީހައި ފުރިހަމައަށެވެ. ނަމަވެސް އެފުރުޞަތު ތިބާއަށް ލިބޭނީ ދުނޔޭގައި އެކަމަށް ސަމާލުކަންދީގެން ކިޔަވައި އުޅުނު ނަމައެވެ. އެހެނީ އެމީހާއަށް އެ ފުރުޞަތުގައި ކިޔެވޭނީ އެމީހަކު ދުނިޔޭގައި ކިޔަވައި އުޅުނު ގޮތަކަށް ކަމަށްވާތީއެވެ.

ދުނިޔޭގައި ކިޔަވައި އުޅުނު ގޮތަކީ ކޮބައިހެއްޔެވެ؟ ތިބާގެ މަސައްކަތުން އެންމެ ފަހުން ތިބާއަށް އެންމެ ރިވެތިކޮށް ކިޔެވުނު ގޮތެކެވެ. އެހެންވީމާ އެއް އާޔަތަށްވުރެ އަނެއް އާޔަތް ރިވެތިކޮށް ކިޔަވަން ގަދައަޅައި މަސައްކަތްކުރާށެވެ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ވީހައި ރީތިކޮށް ކީރިތި ޤްރްއާން ކިޔަވަން އަބަދުވެސް މިބުނަނީ އެހެންވެގެންނެވެ.

ނަމާދުކުރާއިރުވެސް ޚާއްޞަކޮށް ތަރާވީޙް ނަމާދުކުރާއިރުވެސް ބަލަންވީ ވީހައި އަވަހަށް ކިޔަވައި އަވަހަށް ނަމާދުކޮށް ނިންމައިލާ އިމާމުންގެ ފަހަތުގައި ނަމާދުކުރުމަކަށް ނޫނެވެ. ރިވެތިކޮށް ކިޔަވާ އިމާމުންގެ ފަހަތުގައި ނަމާދުކުރުމަށެވެ. ނަމާދުގައި ގަޑިބަލައި ގަޑިއަށް ސަމާލުކަންދޭ މީހުން އެވަނީ ކީރިތި ޤްރްއާނާއި އަދި މާތް ﷲ އާއި ވަރަށް ދުރުގައެވެ. އެފަދަ މީހުންގެ ތެރެއިން ނުވާށެވެ.

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން