ކޮންމެ ނިއުމަތަކާމެދުވެސް ސުވާލުކުރެވޭނެ - ފިތުނައަކަށް ނުހަދާ!: ޝައިޚް އަހްމަދު ޝުޢައިބް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކޮންމެ ނިއުމަތަކާމެދުވެސް ސުވާލުކުރެވޭނެ - ފިތުނައަކަށް ނުހަދާ!: ޝައިޚް އަހްމަދު ޝުޢައިބް
ގުނައި އަދަދު ނުކުރެވޭހައި ގިނަ ނިޢުމަތްތައް މާތް ﷲ މީސްތަކުންނަށް މިންވަރުކުރައްވަވައެވެ. އެނިއުމަތްތައް ހިސާބުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މާތް ﷲ އިންސާނުންނަށް ދެއްވަވާ ކޮންމެ ނިއުމަތަކާއިމެދުވެސް ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެއެވެ. އެހެންވީމާ ސަލާމަތް ކަމަށް އެދޭނަމަ އެ ނިއުމަތްތަކުގެ ބޭނުން ހިފަންވާނީ ޖަވާބުދާރީ ވެވޭނެ ގޮތަށެވެ. ކޮންމެ ނިއުމަތަކީވެސް އިމްތިހާނެކެވެ.

މާތް ﷲ މިންވަރު ކުރައްވަވާ ނިއުމަތްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފާނަމަ އެ ނިއުމަތް ބަދަލުވެގެންދާނީ ފިތުނައަކަށެވެ. އެއީ ވަރަށް ހިތާމަހުރިކަމެކެވެ. މާތް ﷲ ނިޢުމަތްތައް މިންވަރުފުޅު ކުރައްވަވާ މީހުން ބެހިގެންދާނީ ދެބައަކަށެވެ. އެއްބައަކީ އެ ނިއުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހުންނެވެ. އަނެއްބައަކީ އެ ނިއުމަތްތަކުގެ ސަބަބުން މާތް ﷲ ގެ މަގުދޫކޮށް ފިތުނަވެރިންގެ ގޮތުގައި ވެގެންދާ ބައެކެވެ.

ފިތުނައިގެ މާނައަކީ ވަރަށް ފުޅައުކަންބޮޑު އެއްޗެކެވެ. އެހެންކަމުން ފިތުނައަކީ ކޮބައިކަން އަޅުގަނޑުމެން ރަނގަޅަށް ދަސްކުރަން އެބަޖެހެއެވެ.

ފިތުނައިގެ ދަލުގައި މީހަކު ޖެހިއްޖެނަމަ ރަނގަޅުކަންކަން ސިފަކުރެވޭނީ ނުބައި ކަންކަމުގެ ގޮތުގައެވެ. ނުބައި ކަންކަން އެއީ ރަނގަޅު ކަންކަމުގެ ގޮތުގައެވެ. އެހެންކަމުން ފިތުނައަކީ ވަރަށް ނުރައްކައުތެރިކަންބޮޑު އެއްޗެކެވެ.

ފަހުޒަމާނަށް ފެށުމުން ދުނިޔެއިން އިލްމު ނެތިގެންދާނެއެވެ. ނަތީޖާއަކަށްވާނީ ފިތުނަ ޢާންމުވުމެވެ. ޝިރުކު ޢާންމުވުމެވެ. މުދަލާއި ފައިސާ އާއި ބާރުވެރިކަމާއި މިނޫންވެސް ދުނިޔަވީ އެދުންތައް ކުރިއަރައި ދިއުމެވެ. ޤަތުލު ޢާންމުތައް ޢާންމުވެގެންދާނެއެވެ.

- އައްޝައިޚް އަޙްމަދު ޝުޢައިބް ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު ދެއްވެވި ދަރުސުން -

ދަރުސްގެ އޯޑިއޯ:
މިއަދު އޮންލައިން