ޖާހިލުކަން ޢާންމުވަމުން މިދަނީ އިޙްޞާންތެރިކަން ނެތެމުންދާތީ - އިޙްޞާންތެރިކަމާ ނުލައި އީމާންކަން ފުރިހަމައެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ޖާހިލުކަން ޢާންމުވަމުން މިދަނީ އިޙްޞާންތެރިކަން ނެތެމުންދާތީ - އިޙްޞާންތެރިކަމާ ނުލައި އީމާންކަން ފުރިހަމައެއް ނުވާނެ!
އުންމަތުގައި ޖާހިލުކަން ޢާންމުވަމުން މިދާ އެއް ސަބަބަކީ އިޙްޞާންތެރިކަން ނެތެމުން ދިއުމެވެ. ވަރަށް ގިނަ ބައަކު ތިމާ މާތް ﷲ އަށް އީމާންވާކަމަށް ބުނި ނަމަވެސް އެމީހުންގެ ކިބައިން އިޙްޞާންތެރިކަމެއް ނުފެނެއެވެ. ނަތީޖާއަކަށް ވެގެންދަނީ މުންކަރާތްތައް ޢާންމުވުން ގިނަވުމެވެ.

އިޙްސާންތެރިކަން މިއަދު ނެތިގެން ގޮސްފައިވާވަރުން އިޙްޞާންތެރިކަމަކީ ކޮބައިކަންވެސް މީސްތަކުންނަށް މިވަނީ އޮޅިފައެވެ.

އިޙްޞާންތެރިކަމަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ ގިނަބައަކަށް މާނަ ކުރެވޭނީ އެއީ އެހެން މީހަކަށް ހެޔޮކޮށް ކަންތައް ކުރުން ކަމަށެވެ. އިޙްޞާންތެރިވުމާއި އިޙްޞާންތެރިކަން ވެސް ގިނަ ބައަކަށް އޮންނަނީ އޮޅިފައެވެ.

އިޙްޞާންތެރިކަމަކީ ކޮންމެ ކަމެއް ކުރާއިރު ނަމަވެސް ތިމާ އެކަމެއް ކުރާކަން މާތް ﷲ ދެކެ ދެނެވޮޑިގެންވާކަން ޤަބޫލުކޮށްގެންހުރެ އެކަން ހިތަށް ގެނެސްގެންހުރެ ކުރުމެވެ.

އިސްލާމީ މަރުކަޒުގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު ދިން ދަރުސަށް ވިސްނަވާށެވެ.

މާތް ﷲ އިންސާނުން އުފައްދަވާފައިމިވަނީ އެކަލާނގެއަށް އަޅުވެތިވުމަށެވެ. އަޅުވެތިވުން ފުރިހަމަވެގެން މިދަނީ މާތް ﷲ އަމުރު ކުރެއްވެވި ކަންތައްތައް ކުރުމާއިއެކު ނަހީ ކުރެއްވެވި ކަންތައްތަކުން ދުރުހެލިވެ ހުރުމުންނެވެ.

3 ކަމެއް ކޮށްފިނަމަ އީމާންކަން ފުރިހަމަވެގެންދާނެކަން، ފޮނިމީރުކަން ލިބިގެންދާނެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުން ސާބިތުވެއެވެ. ފުރަތަމަ ކަމަކީ މާތް ﷲ ނޫން އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމެވެ. ދެވަނަ ކަމަކީ ޒަކާތް ދިނުމެވެ. 3 ވަނަ ކަމަކީ ނަފްސް ތަޒުފިޔާ ކުރުމެވެ.

ނަފްސް ތަޒްފިޔާކުރުމަކީ އޭނާ ކޮންމެ ތަނެއްގައި ހުރިނަމަވެސް، އޭނާގެ އަމަލުތައް މާތް ﷲ ބައްލަވައި ވޮޑިގެންވާކަން ދެނެގެންހުރެ އަމަލުތައް ކުރުމެވެ. އެގޮތަށް އަމަލުކުރުމަކީ އޭނާގެ އީމާންކަން ވަރުގަދަވެގެންދާނެ ފުރުޞަތަކަށްވެގެންދެއެވެ. ހަމަ އެއާއިއެކު އެގޮތަށް އަމަލުކުރާނަމަ ކުށްފާފަތަކުން ދުރުހެލިވެގެންދާނެއެވެ.

ޔޫސުފްގެފާނުގެ ސިޔަރަތަށް ބައްލަވާށެވެ. އެހައި އެކަހެރި ތަނެއްގައި ނަމަވެސް ޔޫސުފްގެފާނު ފާހިޝް ޢަމަލު ކުރައްވަވަން ދެކޮޅު ހެއްދެވީ އެ އަމަލު މާތް ﷲ ބައްލަވައިވޮޑިގެންވާނެކަން ޤަބޫލުފުޅު ކުރައްވަވާތީއެވެ.

"މާތް ﷲ ގެ ހިޔާވަހިކަން ނޫން އެއްވެސް ހިޔާވަހިކަމެއް ނުއޮންނަ ދުވަހު ﷲ ގެ ހިޔާވަހިކަމުގެ ދަށުގަ 7 މީހަކު ވާނެ. އެއިގެ ތެރެއިން އެކަކީ ފާހިޝް އަމަލެއް ކުރަން ގޮވައިލެވޭހިދު (ދައުވަތު ލިބޭ ހިނދު) ތިމަންނާ މާތް ﷲ އަށް ބިރުވެތިވަމޭ ބުނެ އަކަމުން ދުރުހެލިވި މީހާ."

އިޙްޞާންތެރިކަން ހުރި މީހާ އިޚްލާޞްތެރިވާނެއެވެ. ދިރިއުޅުމުގެ ކަންކަމުގައިވެސް މާތް ﷲ ބައްލަވައި ވޮޑިގެންވާކަން ޤަބޫލުކުރެވޭނަމަ އިޚްލާޞްތެރިވާނެއެވެ. އިޚްލާޞްތެރިވާނަމަ އެހެން މީހަކު ފާރަވެރިވާކަށް ނުޖެހޭނެއެވެ.
މިއަދު އޮންލައިން