ދަމު ނަމާދުގަ ގިނަ މިނެއް ނެތް- މަދުވެގެން 2 ރަކްޢަތް: ޑރ. އިޔާޟް
"ދަމުނަމާދުކުރާ މީހާއަށް ގިނަ މިނެއް ނެތެވެ. ނަަމަވެސް އެންމެ މަުމިނަކީ 2 ރަކްޢަތެވެ."
މިއީ ދަމުނަމާދުގައި ގިނަވެގެން ރަކްޢަތް ކުރެވޭނެ އަދަދާއި އަދި މަދުވެގެން ރަކްޢަތް ކުރެވޭނެ އަދަދާއި ބެހޭގޮތުން މީހަކު ކުރި ސުވާލަކަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބެކެވެ.
(ދަމު ނަމާދެވެ ބުނުމުން އެއީ މާބޮޑުކަމެއް ކަމަށް ދެކެ ގައިން ހީބިހި ނަގާ ބައަކުވެސް އުޅެއެވެ. ނަމަވެސް އެއީ އެހެން އޮތް ކަމެއް ނޫނެވެ. ބޭނުންވަނީ ދަމުނަމާދުކުރަން ފެށުމެވެ. ދަމުނަމާދުކުރުމެވެ.)
ދަމުނަމާދުގެ 2 ރަކްއަތް މިއަހަރު ގޭގައި ކުރަން ފެށި އަންހެނަކު މިހާރު 8 ރަކްޢަތްކުއެވެ.
"އަޅުގަނޑުގެ އުމުރަކީ 36 އަަހަރު. މިހައި ތަނަށް އެއްވެސް އަހަރަކު ދަމުނަމާދެއް ނުކުރަން. ޤަބޫލުކުރެވިފައި އޮތީ އެއީ ކުރަން ވަރަށް ބޮޑު ކަމެއް ކަމަށް. ދެން ތެދަށް ބުނާނަމަ ކަންނެތްކަން ވެސް ބޮޑީ.
މިއަަހަރު ހިތަށް އެރީ ހަަމަ ދަމުނަމާދުވެސް ކުރާނީއޭ. ދުލެއް ނުކުރާނަމޭ. އެގޮތަށް ނިޔަތް ގަނެގެން ކުރިންސުރެ ވެސް މިހުރީ. ފުރަތަަމަ ރޭ ކުރީ އެންމެ 2 ރަކްޢަތް. ނަމަވެސް މިހާރު 8 ރަކްޢަތް ކުރީމަ ނޫނީ ހިތް ހަމައެއް ނުޖެހޭ. މިއީ ނިމުމެއް ނޫން. ިތުރުކުރަން ބޭނުންވާވަރުވެސް ހިތުގަ އެބައޮތް. އިރާދަކުރއްވިއްޔާ ހަމަ އެ އަދަދަށް މަހުގެ ފަހު ދިހައިގަ ކުރާނީ."
"މިވާހަކަ ލަޠީފް ގާތު މިބުނީ ހަމަ އެންމެ ބޭނުމަކު. އެއްވެސް ހާލެއްގައި އިޝްތިހާރުކުރާކަށް ނޫން. މޮޅުކަމެއް ކުރެވިގެން މެޑެލްޖަހާކަށްވެސް ނޫން. އަޅުގަނޑު ފަދައިން ދަމު ނަމާދުކުރަން ފަސްޖެހިފައި ތިބި މީހުންނަށް ހިއްވަރުދޭން. ކޮންމެހެން މާމޮޅު ކަމެއް ކުރެވިގެނެއް ނޫން. އަޅުގަނޑު ޤަބޫލުކުރަން 18 އަަހަރު ނުފުރޭ ކުޑަކުދިންވެސް މިހާރު މިސްކިތްތަކުގަ ދަމުނަމާދުކުރާކަން. ވީމާ އަޅުގަނޑު އަދި ހަމަ 0 ނޫންތޯ؟ ނަމަވެސް ހިއްވަރު ދިނުމަކީ އޮތްކަމެއް ވީމަ ހިތްވަރުދޭން މިކަން މިކުރީ. ދަމުނަމާދު ނުކުރާ މީހުން އަދިވެސް ވަރަށް ގިނަ. މިހައިތަނަށް އަޅުގަނޑަކީވެސް އެއިގެ މީހެއް."
(މިއީ އިތުބާރުކުރެވޭ ބޭކަނބަލަކު ފޮނުއްވި މެސެޖެކެވެ. ދީނުގެ ކަންކަން ކުރަން ހިއްވަރު ލިބޭ، އިތުބާރު ކުރެވޭ ފަރާތްތަކުގެ ތަޖުރިބާއަށް މަރުހަބާކިޔާނަމެވެ.)