މިސްކިތުގަ އެއްވެސް މީހެއްގެ ޖާގައެއް ނޯންނާނެ- މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
މިސްކިތުގަ އެއްވެސް މީހެއްގެ ޖާގައެއް ނޯންނާނެ- މުފްތީ މެންކް

މިސްކިތަކީ މާތްﷲގެ ގެކޮޅެވެ. މިސްކިތަށް މީސްތަކުން ދަނީ ނަމާދުކުރާށެވެ. މިސްކިތުގައި އެންމެންނަކީވެސް ހަމަހަަމަ ބައެކެވެ. މިސްކިތުގެ އެއްވެސް ތަންކޮޅަކީ ވަކިމީހަކަށް ޚާއްޞަކުރެވިފައިވާ ތަންކޮޅެއް ނޫނެވެ. އެންމެ އިންޗިއެއްވެސް ވަކި މީހަކަށް ޚާއްޞައެއް ނުކުރެވޭނެނެއެވެ.

އެހެން ކަމާއިއެކުވެސް އިމާމާއި ސީދާ ދިމާވާ ގޮތަށް ފުރަތަމަ ސަފުން ޢިލްމުވެރިންނަށާއި ނަމާދުގައި ކުރިމަތިވާ މައްސަލަތައް ހައްލުކުރެވޭވަރުގެ މީހުންނަށް ޖާގަދޭންވާނެއެވެ. އެއީ ނަމާދުގައި އިމާމާއަށް މައްސަލައެއް ކުރިމަތިވެދާނެތީއެެވެ. އެފަދަ ހާލަތެއްގައި ނަމާދުކުރިއަށް ގެންދެވޭނީ އެތަނުގައި އެކަން ކުރަން އެނގޭވަރުގެ ބައަކު ތިބެގެންނެވެ. އެހެންވެ އެފަދަ މީހުންނަށް އެތަނުން ޖާގަ ދިނުމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

މިސާލަކަށް އިމާމު އަނބުރައިގަނެގެން ވެއްޓިއްޖެނަމަ ދެން ނަމާކުރިއަށް ގެންދެވޭވަރު މީހެކެވެ. އިމާމް ކުށެއް ކޮށްފިނަމަ އެކަން އަންގައިދޭން އެނގޭ މީހެކެވެ. ކީރިތި ޤްރްއާން ކިޔަވަމުން ކުށެއް ކިޔައިފިނަމަ ރަނގަޅުގޮތް ބުނެދޭން އެނގޭ މީހެކެވެ.

އެހެން އެންމެންނަކީ ހަމަހަމަ ބައެކެވެ. މީހާގެ މޫނަށް ނުވަތަ ލައިގެން ހުންނަ ހެދުމަށް ބަލާފައި އެއީ ކިހައިވަރެއްގެ ކާކުކަމެއް ނުއެނގޭނެއެވެ. މާތްﷲގެ ޙަޟްރަތުގައި އެމީހާގެ ޤަދަރު އެއްވެސް މީހަކަށް ނުއެނގޭނެއެވެ.

-- މުފްތީ މެންކުގެ ދަރުސަކުން
މިއަދު އޮންލައިން