ހަސަދަވެރިކަން އިތުރުވެ މިސްކިތުގަ ވެސް ހިނިތުންވަނީ މަދު މީހެއް- މުފްތީ މެންކް
މީސްތަކުންގެ މެދުގައި ހަސަދަވެރިކަން އިތުރުވެ މިސްކިތގައި ވެސް ހިނިތުންވަނީ މަދު މީހެކެވެ. މިސްކިތަކީ މާތްﷲގެ ގެކޮޅެވެ. މާތްﷲގެ ގެކޮޅަށް ވަދެ އުޅޭއިރުވެސް ހިތުގައި ހަސަދަވެރިކަން ބާއްވައިގެން ތިއައުޅެނީ ހަސަދަވެރިކަމަކީ ކިހައިވަރެއްގެ ނުބައިކަމެއްކަން ހަމަ ނުއެނގޭތީ ހެއްޔެވެ؟
މުސްލިމުންނަކީ އެކަކު އަނެކަކަށް ސަލާންކުރަންޖެހޭ ބައެކެވެ. ހިތްހެޔޮކަމާއިއެކު ހިނިތުންވާންޖެހޭ ބައެކެވެ. ޚާއްޞަކޮށް މިސްކިތުގައެވެ. އަދި ކީއް ހެއްޔެވެ؟ މިސްކިތުގެ ގޯތީގައިވެސް މެއެވެ.
މިސްކިތަށް މިދަނީ އަޅުކަންކުރާށެވެ. ވީހައި ގިނަ އަޅުކަންކުރާށެވެ. ނަމާދުކުރުމަކީ އެންމެ މުހިންމު އަޅުކަން ނަމަވެސް ހަމައެކަނި ނަމާދުކުރާކަށް ނޫނެވެ. ެކަކު އަނެކަކަށް ސަލާމް ކުރުމާއި ހިތްހެޔޮކުރުމާއި ހިނިތުންވުމަކީ ވެސް ހަމަ އަޅުކަމެވެ. އެތައް ބައިވަރު ސަވާބާއި ދަރުމަ ލިބޭނެ ކަންކަމެވެ.
އެހެންކަމަށްވާއިރު މިސްކިތުން ބައްދަލުވީމާ ސަލާން ނުކޮށް ހިނިތިތުންވެސް ވެނުލާނަމަ އަހަރެމެންގެ ކިބައިގައި އިސްލާމްކަން ހުރި މިންވަރާއިމެދު ސުވާލު އެބައުފެދޭ ނޫންހެއްޔެވެ؟
މިސާލަކަށް ކީރިތި ޤްރްއާން ކިޔަވަން މީހަކު އިންދައި ގޮސް ސަލާންކުރަން އުޅެފިނަމަ އޭނާއަށް އުނދަގޫވެ ހިތްހަމަނުޖެހިދާނެއެވެ. ނަމަވެސް އެމީހާ އާއި ހަތަރުކަޅި ބައްދަލުވެއްޖެނަމަ ހިނިތުންވެލުމަކީ އެމީހާއަށް އެއްވެސް އުނދަގުލެއްވާނެ ކަމެއް ނޫނެވެ. ކައިރިން ދަމުން އައްސަލާމް ޢަލައިކުމް ބުނެލުމަކީވެސް އުނދަގޫވާނެ ކަމެއް ނޫނެވެ.
މިއީ ބަރަކާތްތެރި ރަމަޟާންމަހެވެ. ވީހައި ގިނަ ސަވާބާއި ދަރުމަ ހޯދަން އަޅުގަނޑުމެން މަސައްކަތްކުރާއިރު މިހިރަ ކަންކަމަކީވެސް ހަމަ ސަމާލުކަން ދިނުން ރަނގަޅު ކަންކަމެވެ.
-- މުފްތީ މެންކްގެ ދަރުސަކުން