އެއްފަޅި ވާގި ދުއްވާލާފައި ބޭއްވި ނަމަވެސް ދީނީ ޢިލްމްވެރިންގެ ހިއްވަރުފުޅަށް ހަމަ އައްސަރިބަހާ ސާބަސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެއްފަޅި ވާގި ދުއްވާލާފައި ބޭއްވި ނަމަވެސް ދީނީ ޢިލްމްވެރިންގެ ހިއްވަރުފުޅަށް ހަމަ އައްސަރިބަހާ ސާބަސް!
މިއަހަރުވެސް އެންމެ ފުރަތަމަ ރޯދަ މަސް އައީ ޚިދުމަތްތެރި ދީނީ އިލްމުވެރިންނަށެވެ. ބައެއް ޢިލްމުވެރިން ގެންދަވަނީ ރޯދަ މަސް އައުމުގެ 2 މަހެއްހައި ދުވަސް ކުރިން ފެށިގެން ރޯދައާއި ގުޅުންހުރި މަސައްކަތްޕުޅުތައް ކުރައްވަމުންނެވެ.

އެގޮތުން ކޮންމެ ހަފްތާ ބަންދެއްގައިހެން ރަށްރަށަށް ވަޑައިގެން ދީނީ ނަޞޭޙަތް ދެއްވެވުމާއި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވެވުން ފަދަ ޚިދުމަތްތައް ގެންދަވަނީ ކުރައްވަމުންނެވެ.

ރާއްޖޭގެ ޚިދުމަތްތެރި ދީނީ އިލްމުވެރިން މި ގަދަ މޫސުމުގައި ކަނޑުތައް ހުރަސްކުރައްވައި ވަޑައިގެން މާތް ﷲ ގެ މަގުގައި ކުރައްވަމުން އެގެންދަވާ ޚިދުމަތްތަކަށް ހާސްފަށުން ތައުރީފް ހައްޤެވެ.

ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރެވި ދެމިއޮންނާނީ އެކަމަށް މަސައްކަތްކުރެވުނު ވަރަކުންނެވެ. އެމަސައްކަތް ކުރެއްވުމަށް ދީނީ ޢިލްމުވެރިންނަށް ފުރުޞަތު ފަހިކޮށްދިން ވަރަކުންނެވެ.

އިސްލާމް ދީން އުނގަންނައި ދިނުމަށްޓަކައި ދީނީ އިލްމުވެރިން ލިޔުއްވާ ފޮތްތަކަކީ އެންމެ މުހިންމު އެއް އަސާސް އެވެ. ފޮތެއް ލިޔެ ޝާޢީއުކުރުމުން އެއީ ދުނިޔޭގެ އެންމެންނަށް ދެވޭ ދަރުސެއް ކަމުގައި ބެލިދާނެއެވެ. ދިވެހި ބަހުން ލިޔެ ޝާއިޢުކޮށްފިނަމަ އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެވޭ ދަރުސެކެވެ.

ދީނީ އިލްމުވެރިން ލިޔުއްވާ ފޮތްތައް ޝާއިޢުކުރުމަށް ހުރަސް އެޅުން ދުނިޔޭގެ ބައެއް ޢިލްމުވެރިން ސިފަކުރައްވަނީ އިލްމުވެރިންގެ އެއްފަރާތުން ވާގިދުއްވައިލުން ފަދަ ކަމެއްގެ ގޮތުގައެވެ.

ރާއްޖޭގެ ދީނީ ބައެއް ޢިލްމުވެރިން ލިޔުއްވަވާފައިވާ މުހިންމު ބައެއް ފޮތްތައް ފާސް ކުރެއްވޭނެ ގޮތެއް ނެތިގެން ކަންބޮޑުވެވަޑައިގެން ދެކޮޅަށް ދުވެވަޑައިގަންނަވަނީއެވެ. އެއްފަޅި ވާގި ދުއްވައިލުމުންވެސް ތިއަ ކުރައްވަމުން ގެންދަވާ ހިތްވަރުފުޅަށް ހަމަ އައްސަރިބަހާއި ސާބަހެވެ.
މިއަދު އޮންލައިން