މިޔުޒިކާ ލަވަކިޔާ އަންހެނުން ޢާންމުވުމަކީ ޤިޔާމަތް ދުވަހުގެ އަލާމާތެއް!: ޝައިޚް ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
މިޔުޒިކާ ލަވަކިޔާ އަންހެނުން ޢާންމުވުމަކީ ޤިޔާމަތް ދުވަހުގެ އަލާމާތެއް!: ޝައިޚް ސަމީރު
މިޔުޒިކް ޙަރާމެވެ. މިޔުޒިކް ކުޅޭތަކެތި ޙަރާމެވެ. ހުއްދަ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. މިޔުޒިކާއި ލަވަކިޔާ އަންހެނުން ޢާންމުވުމަކީ ފަހުޒަމާނުގެ އަލާމާތެކެވެ. މިއީ ޞަޙީޙް ޙަދީޘްފުޅުން ޔަޤީންކަމާއިއެކު އެނގެން ހުރި ކަންތައްތަކެވެ.

"ފަހުޒަމާނުގަ 3 ޢުޤޫބާތެއް ކުރިމަތިވާނެއެވެ. އެއީ އުޑުން ހިލައިގެ ވާރޭ ވެއްސެވުމާއި ބިނގަނޑު ގަނބައިގެން ދިއުމާއި އަދި ބައެއްގެ ސޫރަ ރާމާ މަކުނާއި އޫރުގެ ސޫރައަށް ބަދަލުވެގެން ދިއުމެވެ." ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މިމޭރުމުން ޙަދީޘްފުޅުކުރެއްވެވުމުން އެކަންކަން ހިނގާނީ ކޮން ދުވަސްވަރެއްގައިތޯ ޞަހާބީން ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި ޙަދީޘްފުޅު ކުރެއްެވެވީ މިޔުޒިކް ކުޅުން ޢާންމުވެ އަދި އަންހެނުން ލަވަލިޔުން ޢާންމުވުމުން ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް މިޔުޒިކް މިއަދު ޢާންމުވެފައިވާ މިންވަރުުން މިޔުޒިކާއި ނުލައި ކައިބޮއި ނުހެދޭވަރަށް މިޔުޒިކް ޢާންމުވެއްޖެއެވެ. (ތުއްތު ދަރިންނަށް ކާންދޭއިރު ކޮންމެވެސް މިޔުޒިކެއްގެ އަޑު އިއްވުންވެސް މިވަނީ މަޖުބޫރު ކަމަކަށްވެ ޢާންމުވެފައެވެ.)

ސްކޫލްތަކަށް ބަލައިފިނަމަ ދަރިވަރުންނަށް ތައުހީދާއި ނަމާދުގެ ފަރުޟާއި ރުކުންތައް ދަސްކޮށް ނުދީ ފުރަތަމަ ދަސްކޮށްދެނީ މިޔުޒިކާއި މިޔުޒިކްކުޅޭ ސާމާނާއިބެހޭ މައުލޫމާތެވެ. އެތަކެއްޗަށާއި އެތަކެތީގެ ބައިތަކަށް ކިޔާ ނަންތަކެވެ. (ބައިތަކުން ކުރާނެ މަސައްކަތްތަކެވެ. ނުކުންނާނެ އަޑުތަކެވެ.)

މިއަދު މިޔުޒިކާއި ލަވަކިޔުން މިވަނީ އަބުރުވެރި، ޝަރަފުވެރި ކަންކަމަށް ހަދައިފައެވެ. ދައުލަތުން ދޭ އެންމެ ބޮޑު އިނާމާއި ސެޓިފިކެޓްދީ ޤައުމީ ފެންވަރުގައި މެޑެލް ދޭ ކަމަށް ހަދައިފިއެވެ. މުޅި ޤައުމު އެކަމަށް ލެނބޭ ކަމަކަށް ހަދައިފިއެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ކަމަކަށް ހަދައިފިއެވެ. ފަންނާނުންނެވެ ކިޔައި ނަމެއްދީގެން ޤައުމީ ބަޠޮލުންނަށް ހަދައިފިއެވެ.

މިބާވަތުގެ ކަންކަމުގެ ވާހަކަތައް ދެއްމުން އެއީ މީހަކު ހަދައިގެން ދައްކާ ވާހަކަ ކަމުގައި އެބަދެކެވެ. ނަމަވެސް ކަން އޮތީ އެހެނެއް ނޫނެވެ. އިސްލާމް ދީނުގެ 4 މަޒުހަބުގައި ވެސް މިޔުޒިކް ކުޅޭ އާލާތްތައް ބޭނުންކުރުން ޙަރާމް ކަމަށް ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން ޚިލާފް އުފެއްދުމަށް އެއްވެސް ޖާގައެއް ނެތެވެ. ބަހުސް ކުރެވިދާނެއެވެ. ނަމަވެސް ޙަދީޘްފުޅުން ސާބިތުވާ ކަމެއް ބަދަލެއް ނުކުރެވޭނެއެވެ.

މިސްކިތްތަކުގައި އަޅުކަން ކުރުމަށް މިޔުޒިކް ކުޅެ ދުންމާރި ފުމެ ހެދުމަކީ ސޫފީންކުރާ ކަމެކެވެ. އެފަދަ މަޖިލީހެއްގައި އިންނަ ޖުއްބާލައި ފަގުޑިއެއެއް އަޅައިގެން ހުންނަ މީހަކު މިޔުޒިކް ހުއްދަކުރުމަކީ އިސްލާމް ދީނުގައި އެކަން ހުއްދަވުމެއް ނޫނެވެ.

ޝާފީ މަޒުހަބުގައިވެސް ކަނޑައެޅިގެން ވަނީ މިޔުޒިކް މަނާކޮށްފައެވެ. އަޅުގަނޑުމެންނަކީ ޝާފީ މަޒުހަބަށް އުޅޭ ބައެއް ކަމަށް ބުނި ނަމަވެސް މިފަދަ އަޑުތައް އިވޭކަމަކަށް ނުވެއެވެ. ޝާފީ މަޒުހަބަށް އަމަލުކުރެވުނުކަމަށް ވަނީ ނަމާދުގައި ވަކިކަމެއް ކުރުން ކަމަށް ވަނީ ހަދައިފައެވެ. (ބެލެވޭގޮތުން އިޝާރާތް އެ ކުރެއްވީ ޤުނޫތު ކިޔުމަށެވެ.)

ޞަޙީޙް ބުޚާރީގައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ފަހު ޒަމާނުގަި ޒިނޭ ހުއްދަކުރާ ބައަކު އުޅޭނެއެވެ. ޒިނޭ ކުރުމަކީ ހުއްދަކަމެއްކަމުގައި ދެކިގެން ޒިނޭކުރާނެއެވެ. ފިރިހެނުން ފަށުވި ފޭރާން ހުއްދަކުރާނެއެވެ. ބަނގުރާ ހުއްދަކުރާނެއެވެ. އަދި މިޔުޒިކް ކުޅޭ އާލާތްތައް އެބައިމީހުން ހުއްދަކުރާނެއެވެ. މާނައަކީ މިޔުޒިކް ކުޅޭތަކެތި ޙަލާލްކަމުގައި ހަދާނެއެވެ."

މި ޙަދީޘްފުޅަށް ބަަލައިފިނަމަ ކަނޑައެޅިގެން ޙަރާމްކުރައްވަވާފައިވާ ތަކެތި ހަލާލުކުރާނެ ކަމަށް ބަޔާން ކުރައްވަވަވައި އެތަކެތީގެ ލިސްޓް ބަޔާންކޮށް ދެއްވެވިއިރު މިޔުކުޅޭ ތަކެތި ވެސް ހުއްދަކުރާނެ ކަމަށް ބަޔާންކުރައްވަވާފައި އޮތުމުން މިޔުޒިކްކުޅޭ ތަކެތީގެ ޙަރާމްކަން ކަށަވަރުވެގެންދެއެވެ.


- މިއަދުގެ ޢަޞްރު ނަމާދަށްފަހު އައްޝައިޚް އަޙްމަދު ސަމީރު ފްރްޤާން މިސްކިތުގައި ދެއްވި ދަރުސުން
މިއަދު އޮންލައިން