ލައިލަތުލްޤަދްރް ވިލޭރޭގެ ބަރަކާތް ޙާޞިލްކުރުމަކީ އެއް ރެއިން ކުރެވޭނެ ކަމެއް ނޫން - މުޅި ރަމަޟާން މަހު ގަދައަޅައި މަސައްކަތްކުރަންޖެހޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ލައިލަތުލްޤަދްރް ވިލޭރޭގެ ބަރަކާތް ޙާޞިލްކުރުމަކީ އެއް ރެއިން ކުރެވޭނެ ކަމެއް ނޫން - މުޅި ރަމަޟާން މަހު ގަދައަޅައި މަސައްކަތްކުރަންޖެހޭ
އަހަރެމެންގެ އަހަރު ރިޕޯޓަށް ވިސްނައިލަމާހެއްޔެވެ؟ ކޮންމެ މީހެއްގެ އަހަރު ރިޕޯޓް މާތް ﷲ ގެ ޙަޟްރަތަށް އުފުލިގެންދަނީ ޝަޢްބާން މަހުއެވެ. ރަމަޟާން މަހުގެ ހުރިހާ ދުވަހެއްގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ރޯދަ ހިއްޕެވިއެވެ. ދެން އެންމެ ގިނައިން ރޯދަ ހިއްޕެވީ ޝަޢްބާން މަހުއެވެ. އެއީ އެ ސަބަބަށްޓަކައެވެ. އަހަރުގެ ރިޕޯޓް މާތް ﷲ ގެ ޙަޟްރަތަށް އުފުލިގެންދާ މަހަކީ ޝަޢްބާން މަސް ކަމަށްވުމުންނެވެ.

އައު އަހަރުގެ ރިޕޯޓް ފެށިގެން މިއަންނަނީ ރަމަޟާން މަހުންނެވެ. ރަމަޟާން މަހު ރޯދަ ހިފަން މިޖެހެނީ އެ ސަބަބަށްޓަކައެވެ. ވީހައި ގިނައިން އަޅުކަން ކުރަން މިޖެހެނީ އެ ސަބަބަށްޓަކައެވެ. މިކަމުގައި ފަރުވާ ކުޑަކުރުމެއް ނެތެވެ. ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ ވީހައި ގިނަ އަޅުކަން ކުރުމަށެވެ. ރޯދައިގެ ފުރިހަމަ ސަވާބާއި ދަރުމަ ލިބިގަތުމަށްޓަކައެވެ.

ލޮބުވެތި މުސްލިމުންނޭވެ. ލައިލަތުލްޤަދްރް ވިލޭރޭގެ ފުރިހަމަ ސަވާބާއި ދަރުމަ ލިބިގަތުމަށް މިހާރުންސުރެ ގަދައަޅައި މަސައްކަތްކުރާށެވެ. އެއީ ހަމަ އެންމެ ރެއެއްގެ މަސައްކަތުން ޙާޞިލުކުރެވިދާނެ ކަމެއްކަމަށް ޤަބޫލުކުރުމަކީ ރަނގަޅު ފިކުރެއް ނޫނެވެ. އެކަން ކުރެވޭނީ ރަމަޟާން މަހަށް ހަނދުބެލީންސުރެ އެކަމަށް އެދި ހަމަ ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް، ކޮންމެ ރެއަކުވެސް ގަދައަޅައި މަސައްކަތްކޮށްގެންނެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން