ކޮންމެ ކަމެއް ކުރިމަތިވެގެން ނަމަވެސް ގަޑިއެއްހައި އިރު ޤްރްއާން ކިޔަވައިފިނަމަ ހިތްހަމަޖެހުން ލިބޭނެ: ޝައިޚް ފިކުރީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ކޮންމެ ކަމެއް ކުރިމަތިވެގެން ނަމަވެސް ގަޑިއެއްހައި އިރު ޤްރްއާން ކިޔަވައިފިނަމަ ހިތްހަމަޖެހުން ލިބޭނެ: ޝައިޚް ފިކުރީ
ރަމަޟާން މަހު އަދާކުރަންޖެހޭ އެންެ މުހިންމު އެއް ސުންނަތަކީ ކީރިތި ޤްރްއާން ކިޔެވުން ގިނަކުރުމެވެ. އެއީ ވަރަށް މަތިވެރިވެގެންވާ ސުންނަތެކެވެ. އަޅުކަމެކެވެ. ދުނިޔޭގެ ހަޔާތުގައި މީހަކަށް ކޮންމެ ފަދަ ބޮޑު މުޞީބާތެއް ކުރިމަތިވެގެން ނަމަވެސް އަދި ކިތަންމެ ބޮޑު ހިތް ހަމަނުޖެހުމެއް ކުރިމަތިވެގެން ނަމަވެސް ނިކަން ގަޑިއެއްހާއިރު ވަންދެން ކީރިތި ޤްރްއާން ކިޔަވަބަލާށެވެ. އެމީހަކަށް ހިތްހަމަޖެހުން ލިބޭނެއެވެ.

ރަމަޟާން މަހަކީ ބަރަކާތުން ފުރިގެންވާ މައްސަރެއްކަން އެނގުނު ނަމަވެސް ބަރަކާތަކީ ކޮބައިކަން ގިނަ ބައަކަށް ނުއެނގެއެވެ. އެހެންވެ ފަރުވާ ވެސް ކުޑަކުރެވެނީއެވެ. ބަރަކާތަކީ އެކަމެއްގައި މާތް ﷲ ގެ ރުއްސެވުން ލެއްވެވުމެވެ. ކަމެއްގައި މާތް ﷲ ރުއްސެވުން ލައްވަވައިފިނަމަ އަބަދުވެސް ދާނީ ފުދި އިތުރުވަމުންނެވެ. ނަމަވެސް އެކަމަކުން ބަރަކާތް ކެނޑިފައިވާނަމަ އަބަދުވެސް އުޅެންޖެހޭނީ ނުފުދިގެންނެވެ. މަދުވެގެންނެވެ.

"ކަންބޮޑުވުމާ ހާސްކަން، ނުތަނަވަސްކަން، ވަޒީފާގެ ދަތިކަން، ލޯނުތަކާ ދަރަނީގެ ދަތިކަން، ދިރިއުޅުމުގަ މެދުވެރިވާ ދަތިކަން ފަދަ މައްސަލަތައް ކުރިމަތިވެފައިވާނަމަ ނިކަން 1 ގަޑިއިރު، 2 ގަޑިއިރު ވަންދެން ކީރިތި ޤްރްއާން ކިޔަވާލަބަލަ. އިރާދަކުރެއްެވވިއްޔާ ހާސްކަމާއި ހިތްދަތިކަން ހަމަ ފިލައިގެންދާނެ."

މާތް ﷲ ވަނީ ފުދި އިތުރުވާވަރަށް ބަރަކާތް ލައްވަވައިފައެވެ. އެ ބަރަކާތް ކެނޑިގެންދަނީވެސް މީސްތަކުން ކުރާ ނުބައި އަމަލުތަކުގެ ސަބަބުން އެކަން ކީރިތި ޤްރްއާނުގެ އާޔަތްތަކުން އެނގެން އެބައޮތެވެ. ދުނިޔޭގެ ކަންކަން ފަސާދަވެގެން މިދަނީ މީސްތަކުން އެމީހުންގެ އަމިއްލަ ދެ އަތުން ކުރާ ކަންތައްތަކުގެ ސަބަބުންކަމެވެ.

ބަރަކާތް ހޯދަން ނުވަތަ ހާޞިލުކުރަން އެދެމީހާއަށް އޮތީ ތަޤްވާވެރިވުމެވެ. ތަޤްވާވެރިކަން އިތުރުވީވަރަކުން މީހާ ކުރާ ކަންކަމުގައި ﷲ ތަޢާލާގެ ރަޙްމަތްފުޅާއި ބަރަކާތްތެރިކަން ދާނީ އިތުރުވަމުންނެވެ.

- މިއަދުގެ ޢަޞް ރުނަމާދަށްފަހު ބޮޑުގޭ ވަގުތީ މިސްކިތުގައި އައްޝައިޚް ޙަސަން މޫސާ ފިކުރީ ދެއްވި ދަރުސުން
މިއަދު އޮންލައިން