އިމާމަކީ ބަހައްޓާފަ ހުންނަ ބޯޑެއް ނޫން - ބޯޑު ކުރިއަށް ޖެއްސުމަކުން އިމާމަށްވުރެ ކުރިއަރައި ކުރާ ނަމާދު ޞައްޙައެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އިމާމަކީ ބަހައްޓާފަ ހުންނަ ބޯޑެއް ނޫން - ބޯޑު ކުރިއަށް ޖެއްސުމަކުން އިމާމަށްވުރެ ކުރިއަރައި ކުރާ ނަމާދު ޞައްޙައެއް ނުވާނެ!
ހުކުރު ނަމާދު ފަދަ ބޮޑެތި ޖަމާއަތްތަކުގައި ނަމާދުކުރާއިރު އިމާމް މީހާ ހުންނަ ހިސާބު އަންގައިދޭ ބޯޑެއް ބޭރުގައި ބަހައްޓައެވެ. އެ ބޯޑުގެ ބޭނުމަކީ އެބޯޑަށްވުރެ ކުރިއަރައި ނަމާދު ނުކުރުމަށް އެންގުމެވެ.

ނަމަވެސް މިހާރަކަށް އައިސް އެންމެ ފަހުވަގުތު މިސްކިތަށް ދާ މީހުން، އެމީހުން ބޭނުންވާ ހިސާބަކަށް ބޯޑު ކުރިއަށް ޖެއްސުމަށްފަހު ބޯޑުގެ ފަހަތުގައި ތިބެގެން އެބަ ނަމާދުކުރެއެވެ. އިސްލާމީ މަރުކަޒަށް ބަލާނަމަ ބޯޑު ޗާންދަނީ މަގާއި ހަމައަށްވެސް އެބަ ކުރިއަށް ޖައްސައި އެބޯޑުގެ ފަހަތުގައި އެބަ ނަމާދުކުރެއެވެ.

ނަމާދުކުރުމުގައި އިމާމަކީ ބޯޑެއް ނޫނެވެ. އިމާމް މީހާއެވެ. އެހެންވީމާ މީހުން ނަމާދުކުރަން ތިބެންޖެހޭނީ އިމާމް މީހާއަށްވުރެ ފަހަތުގައެވެ.

މިސްކިތުގެ ސިޑިބަރި ފަދަ ތަންތަނުގެ މަތީގައި ނަމާދުކުރާއިރު ވެސް ތިބެންޖެހޭނީ އަދި އެނޫން ތަނެއްގައި ނަމަވެސް ތިބެން ޖެހޭނީ ޤިބުލައަށް ކުރިމަތިލައިގެންނެވެ. ޤިބުލައަށް ކުރިމަތިލުމަކީ ނަމާދު ޞައްހަވުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން ޤިބުލައަށް ކުރިމަތިނުލައި ކުރާ ނަމާދު ޞައްޙައެއް ނުވާނެއެވެ.

މިރޭގެ އިޙްޔާ ފޯރަމްގައި ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ދެއްވި ދަރުސުން
މިއަދު އޮންލައިން