ޤިޔާމަތްވާއިރު ޞާލިޙް އަޅަކު ނުހުންނާނެ: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޤިޔާމަތްވާއިރު ޞާލިޙް އަޅަކު ނުހުންނާނެ: ޝައިޚް ނިމާލް
ޞާލިޙް އަޅަކަށްފަހު އަޅަކު ނެތި ހުސްވެގެންދިއުމަކީ ކީރިތި ޤްރްއާނުގެ ޢަލާމާތްތަކުގެ ތެރެއިން ހިމެނިގެންވާ ޢަލާމާތެކެވެ. އަދި ޤިޔާމަތްވާއިރު ޞާލިޙް އަޅަކު ދުނިޔޭގައި ނުހުންނާނެކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

ޞާލިޙަކު ނެތިގެން ދިއުމުން ވަރަށް ގިނަ ކަންތައްތަކެއް ނެތިގެންދާނެއެވެ. އޭނާގެ ޢިލްމުން ވަރަށް ބޮޑުބައެއް ނެތިގެންދާނެއެވެ. އެހެނީ އޭނާގެ ޢިލްމު އެކުގައި ފޮތްތަކުގައި ލިޔެވިފައި ނުހުންނާނެތީއެވެ. ވީމާ ޞާލިޙުންގެ ކިބައިން ޢިލްމު އުނގެނެން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
ޢިލްމުވެރިއަކު ނެތިދިއުމުން އެކަމުގެ ވާހަކަތައް ދައްކައިލުމަކުން ނުފުދޭނެއެވެ. އެ އިލްމުވެރިޔާގެ ފިލާވަޅުތަކުން ލިބެންހުރި ހުރިހާ ޢިބްރަތްތަކެއް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ.

ޢިލްމުވރިން ވިދާޅުވާ ގޮތުގައި ޞާލިޙުންނަކީ ހަމަ އެކަނި ދީނީ އިލްމުވެރިންނާއި އިސްލާމް ދީން އުނގެނެން މަސައްކަތްކުރާ ދަރިވަރުންނެއް ނޫނެވެ. ރަނގަޅު ގޮތުގައި މުޖުތަމައުގައި އުޅޭ މީހުންނަކީ ވެސް ޞާލިޙުންނެވެ. މުޖުތަމައުގެ ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރާ އަޅުންނާއި ތަޤްވާވެރިންވެސް ހިމެނެއެވެ.

- އައްޝައިޚް ނިމާލް މުޙައްމަދު ފުރްޤާން މިސްކިތުގައި ދެއްވި ދަރުސަކުން
މިއަދު އޮންލައިން