ރޯދަ ވެރިޔާ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް - ކަނޑިފާރު ހިކުނު ނަމަވެސް ދުލުފާރެއް ނުހިކޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރޯދަ ވެރިޔާ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް - ކަނޑިފާރު ހިކުނު ނަމަވެސް ދުލުފާރެއް ނުހިކޭނެ!
ހެރީ އަތުން ކުންފުނީގެ ވެހިކަލެއް އެކްސިޑެންޓްވުމާއި ގުޅިގެން ހެރީ މަސައްކަތްކުރާ ކުންފުނީގެ ޑީއެމްޑީ ހެރީއަށް އެއްޗެތި ގޮވައި ފަރުވާ ކުޑަ މީހެއް ކަމަށްބުނެ "ނޯށުން ރޮއްވައިލީ" އެކްސިޑެންޓްވި ހަޤީޤީ ސަބަބުވެސް ރަނގަޅަށް ނުބަލައެވެ.

ކަމުގެ ޙަޤީޤަތް އެނގުނު ދުވަހު ހެރީގެ ޑީއެމްޑީ ހެރީ ގާތުގައި ބުނީ އެކަމާއިމެދު އަޅައި ނުލުމަށާއި ހިތްބަރު ނުކުރުމަށެވެ. އަދި އެއީ "އެހެން ބުނި ބަސްތަކެއް ނޫން ކަމަށެވެ.

އެއިގެ އަހަރެއްހައި ދުވަސްފަހުން ހެރީއަށް ފެނުނީ ޑީއެމްޑީގެ ވަރަށް އައިބު މަންޒަރުތަކެކެވެ. ބަލާކަށް ނުހުރެ އަވަސް އަވަހަށް މަންޒަރު ފޮޓޯ ނަގައި އެއިން ޕޯސްޓަރު ހަދައި ކުންފުނީގެ އެތައް މިތަނުގައި ތަތްކުރިއެވެ.

ނަތީޖާއަކަށްވީ ޑީއެމްޑީ އާއި އޭނާގެ ސެކެޓްރީއަށް ވަޒީފާ ގެއްލުމެވެ. ވަޒީފާއިން ވަކިކުރުމުން އޮފީހުން ނުކުމެ ކާރަށް އަރަން ހިނގައިގަތްތަނާ ލައުޑް ސްޕީކަރަކުން ހެރީ ގޮވާލިއެވެ. "އެއީ އެހެން ކުރި ކަމެއް ނޫނެވެ. ހިތްބަރު ނުކުރާށެވެ.'

ކަނޑި ފާރު ހިކިދާނެއެވެ ބުނެވޭ ބަހުގެ މާނައަކީ ކަނޑިން ހަމަލާދީ ޒަޚަމްކޮށްލުމުން އުފެދޭ ފާރުގަނޑުގެ މަތިން އެ ފާރުގަނޑު ފަސޭހަވުމުން ހަނދާން ނެތިގެން ހިނގައިދާނެ ކަމެވެ. ދުލުފާރު ނުހިކޭނެ ކަމަށް ބުނާ ބަހުގެ މާނައަކީ މީހެއްގެ ހިތުގައި ޖެހޭ ގޮތަށް ބުނާ އިހާނެތި ބަސްތަކުން ކުރާ އަސަރު ފިލައިގެން ނުދާކަމެވެ. މުޅި އުމުރަށްވެސް ދެމިހުންނަކަމެވެ.

މީހެއްގެ ހިތުގައި ޖެއްސުމަށްފަހު އެއީ އެހެން ބުނި ބަހެއް ނޫންކަމަށް ބުނުމަކުން ނުފުދޭނެއެވެ. ވީމާ ރޯދަ މަހު މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. ރޯދަ، ރޯދައިގެ ގޮތުގައި ހިފޭނީ ދޫ ރައްކައުތެރިކުރިވަރަކުންނެވެ.

ހަމަ އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ފަދަ ބުރަ ބަހެއް ނުބުނަން ގަދައަޅައި މަސައްކަތްކުރާށެވެ. މިމަސްތެރޭ އެ ތަމްރީނު ހޯދިއްޖެނަ މުސްތަޤްބަލް ދާނީ އުޖާލާވަމުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން