ޙިކުމަތުގެ ބަސް: މީހެއްގެ އަލިކަން ދުއްވައިލުމަކީ ތިމާ އުޖާލާވާނެ ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ޙިކުމަތުގެ ބަސް: މީހެއްގެ އަލިކަން ދުއްވައިލުމަކީ ތިމާ އުޖާލާވާނެ ސަބަބެއް ނޫން!
"މީހެއްގެ އަލިކަން ދުއްވައިލުމަކީ ތިމާގެ އުޖާލާކަން އިތުރުވާނެ ސަބަބެއް ނޫން" ކަމަށް ބުނެވޭ ބަހުގެ މާނައަކީ މީހަކަށް އަނިޔާއެއް ދީ ނުވަތަ އެނޫންވެސް ގޮތަކުން މީހަކަށް ކިތަންމެ ބޮޑު ދެރައެއް ދިންނަމަވެސް އެކަމުގެ ސަބަބުން އެމީހަކަށް ލިބޭނެ ޙަޤީޤީ ކުރިއެރުމެއް ފައިދާއެއް ނުއޮންނާނެކަމަށް ބުނުމެވެ.

މީހަކަށް ދެރައެއް ދިނުމުން އެކަން ކުރި މީހަކަށް ވަގުތީ އުފަލެއް ނުވަތަ ހިތްހަމަޖެހުމެއް ލިބިދާނެއެވެ. މިދުނިޔޭގައި ދާއިމީ އުފަލެއްވެސް ލިބިގަނެވިދާނެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ލިބޭނެ ހަޤީޤީ ފައިދާއެއް ނުއޮންނާނެއެވެ. އަދި އެކަން އޭނާއަށްޓަކައި ބަދަލުވެގެންދާނީ ވަރަށް ބޮޑު އަނިޔާއަކަށެވެ.
މިއަދު އޮންލައިން