އެކަން ފާހަގަކޮށް ދީނީ އިލްމުވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން ގެންދަނީ ފުރުޞަތުގެ ބޭނުން ހިފައި ހެޔޮ އަމަލުތައް ކުރުން ގިނަކުރުމަށް ގޮވާލަމުންނެވެ. ވީހައި ގިނައިން ދުޢާކުރުމަށްވެސް ގޮވާލަމުންނެވެ.
ދުޢާ ކުރުމުގައި ކީރިތި ޤްރްއާނުންނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތުން ސާބިތުވާ އެންމެ މާތް ދުޢާތަކުގެ ބޭނުން ހިފުމަށްވެސް ގޮވާލައި ނަޞޭޙަތްތެރިވަމުންނެވެ.
"އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް ހައްޤުން އެއްކިބާ ނުކުރައްވަވާންދޭވެ! އަދި އަޅަމެންނަށް އިނބަރަސްކަލާނގެ ޙަޟްރަތުން ރަޙްމަތެއް ދެއްވަވައިފާނދޭވެ! ހަމަކަށަވަރުން، އިނބަރަސްކަލާނގެއީ، ގިނަގުނަ ނިޢުމަތްތައް ދެއްވަވާ ރަސްކަލާނގެއެވެ." (3:8)
"އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން އިނބަ ރަސްކަލާނގެއީ، އެދުވަހަކާއިމެދު ޝައްކެއް ނެތް ދުވަހުގައި، (ހިސާބު ބެއްލެވުމަށް) މީސްތަކުން އެއްކުރައްވަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ، ވަޢުދާއި ޚިލާފްވެވޮޑިއެއް ނުގަންނަވަތެވެ." (3:9)