"ރޯދަ ވީއްލާ ވަގުތަކީ ދުޢާ އިޖާބަކުރައްވަވާ ވަގުތެއް ކަމަށް އަޑުއެހީމެވެ. އެވަގުތު ދެނެގަންނާނީ ކިހިނަކުންތޯ؟"
ޖަވާބު:
"ޙަދީޘްފުޅުގައިވަނީ ރޯދަ ދޫކޮށްލާހިނދުގައި (ރޯދަ ވިއްލާހިނދުގައި) ކުރާ ދުޢާ ރައްދުކުރެވިގެނެއް ނުވެއެވެ. ރޯދަ ވީއްލާހިނދު ކަމަށް މިތާ މިއޮތީ ރޯދަވީއްލުމުގެ ކުރީގެ ވަގުތެވެ. ހަމަ އެފަދައިން ރޯދަ ހިފައިގެން ހުރެ ކުރާ ދުޢާވެސް ރައްދު ނުކުރެއްވޭނެ ކަމަށް އައިސްފައި އޮވެއެވެ.
ވީމާ ރޯދަ ހިފައިގެން ހުރެ ގިނަގިނައިން ދުޢާކުރުމާއި އަދި ރޯދަ ވީއްލުމުގެ ކުރިން ދުޢާކުރުން ސުންނަތްވެގެންވެއެވެ."
ޖަވާބު ދެއްވީ ޑރ. މުޙައްމަދު ޝިހާމް