އަންހެނުން ގޭގަ ފަތިސް ނަމާދުކޮށްގެން އިރު އަރަންދެން ﷲ އަށް ޛިކުރުކުރުން މަތީ އިނދެފައި ޟުޙާ ވަގުތު ޖެހުމުން 2 ރަކްޢަތްކޮށްފިނަމަ ޢުމުރާއަކާ ޙައްޖެއްގެ ސަވާބު ލިބޭނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
މިއީ ގިނަ ބައަކު ސުވާލު އުފައްދާ ކަމެކެވެ. އަންހެނުންނަށް މޮޅު އިތުރުވެގެންވަނީ ގޭގައި ނަމާދުކުރުން ކަމަށްވާއިރު ގޭގައި ނަމާދުކޮށްގެން ޛިކުރުކުރުންމަތީގައި އިނުމުން ޙައްޖާއި އުމުރާގެ ސަވާބު ލިބޭނެ ކަމާއިމެދުގައެވެ.
ފަތިސް ނަމާދަށްފަހު ގަޑިއެއްހައި އިރު މިސްކިތުގައި މަޑުކޮށްލައިގެން މިމަތިވެރި ސަވާބާއި ދަރުމަ ހޯދުމުގެ ފުރުޞަތު ފިރިހެނުންނަށް އޮންނަ ފަދައިން އެފުރުޞަތު ހަމަ އަންހެނުންނަށް ވެސް ވަނީ ހުޅުވާލަވިގެންނެވެ. ގޭގައި ތިބެގެން ވެސް އ މަތިވެރި ސަވާބު ލިބިގަނެވޭނެގޮތަށް އޮތުމަކީ ކޮން ފަދަ ބޮޑު ނިއުމަތެއްތޯއެވެ! ފުރުޞަތުގެ ބޭނުން ހިފުން އޮތީ ދެ ޖިންސަށް ހަމަހަމަކޮށެވެ.