ކުރާ ކުޑަކުޑަ ކަމަކުން ސަވާބު ފުނިތަކެއް ހޯދައި، ތިބާގެ ރޯދައިގެ ސަވާބު އެތައް ގުނައަކަށް މަތިކުރުމުގެ ފުރުޞަތު އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކުރާ ކުޑަކުޑަ ކަމަކުން ސަވާބު ފުނިތަކެއް ހޯދައި، ތިބާގެ ރޯދައިގެ ސަވާބު އެތައް ގުނައަކަށް މަތިކުރުމުގެ ފުރުޞަތު އެބައޮތް!
އަޅުގަނޑުމެން ރޯދަ ހިފައިގެން މިތިބޭ ތިބުމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ ހިފައިގެން ހުރި ރޯދައިގެ ދަރަޖަ ވީހައި މަތި ކުރުމަށެވެ. ކަމެއް ކުރެވުނު ކަމަށްވާނީ އެއިރުން ކަމަށްވާތީއެވެ.

މިސާލަކަށް ބުނާނަމަ ރޯދަ ވެރިޔާ ރޯދަ ހިފައި، އެ ރޯދަ މަތިވެރިކުރަން އެއްވެސް ކަމެއް ނުކުރެވުނު ނަމަވެސް ހަމަ ހުންނާނީ ނުކައެވެ. ބަނޑުހައިވެސް ވާނެއެވެ. އެހެން ަތަކުލީފްތައްވެސް ޖެހޭނެއެވެ. ވީމާ 700 އަކުން އެންމެ 10 ލިބޭ ގޮތަށް ރޯދަ ހިފުމަކީ ހަމަ ވަރަށް ދެރަވަރު ކަމެކެވެ.

ތިމާ ހިފައިގެންހުރި ރޯދައިގެ ސަވާބު އިތުރުކުރުމަށް ކުރެވިދާނެ ވަރަށް އާދައިގެ އެއް ކަމެއް ބުނަން ހެއްޔެވެ؟ ގޭތެރޭގައި ތިއުޅޭއިރު ތިބާގެ އުޚުތާގެ ދަރިފުޅު ކުޑައިރުކޮޅަކު ބަަލައިލަދޭށެވެ. ދަރިފުޅާއި ހަވާލުވުމަށްފަހު ފެންވަރައިގެން ނަމާދުކޮށްގެން އަންނަން ބުނާށެވެ.

މިކަމަށް ގިނަވެގެން ހޭދަވާނީ 30 މިނިޓް އިރެވެ. އެ 30 މިނިޓްގެ ކޮންމެ ސިކުންތަކަށް ވެސް ތިބާއަށް ދާނީ މާތް ﷲ ގެ ޙަޟްރަތުން ސަވާބު ފުނިފުނި ލިބެމުންނެވެ.

މިފަދަ އެހީތެރިކަމަކަށް އަވަށްޓެރިއަކު ވެސް ބޭނުންވެފައި ހުރެދާނެއެވެ. ދެ އެޕާޓްމަންޓް ތިހިރީ ހަމަ ކުރިމަތީގައެވެ. ނުވަތަ ޖެހިޖެހިގެންނެވެ. ވީއިރު އަވަށްޓެރިޔާގެ ހާލަށް ބަލައި ހަަމަ މިގޮތަށް އެހީތެރިވެދެވިދާނެއެވެ.

މިފަދަ ކަންކަމަށް މިއަދު ވިސްނަނީ ވަރަށް މަދު ބައެކެވެ. ގޭތެރޭގައި ކިތަންމެ ބައަކު އެކުގައި އުޅުނު ނަމަވެސް އަޅުކަމަށް މަގުފަހިކޮށްދީ ހިއްވަރުދީ ހަދާ އަޑު މިހާރަކަށް އައިސް އިވެނީ ވަަރަށް މަދުންނެވެ. ނަމަވެސް އެންމެ ބޮޑަށް ކުރަންވީ ކަމަކީ އަދި ކުރިއަށް ނެރެންވީ ކަންކަމަކީ މިއެވެ. އަޅުކަމަށް ހިއްވަރު ދިނުމާއި މަގުފަހިކޮށްދިނުމަކީ ހާދަހާ ގިނަ ސަވަބާއި ދަރުމަ އެކަމުން ލިބޭ ކަމެކެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން