"ޒަކާތްދޭއިރު ޢާއިލާގައި މިސްކީނު ނުވަތަ ޔަތީމު ކުދިން ތިބިކަމުގައި ވަނީނަމަ އެކުދިންނަށް ޒަކާތު ފައިސާ ދެވިދނެތޯ؟"
ޖަވާބު:
"ފިޠުރު ޒަކާތް ނަމަވެސް މުދަލު ޒަކާތް ނަމަވެސް ތިމާ ޚަރަދުކުރަން ނުޖެހޭ ކުދިންނަމަ ދެވިދާނެ" އެވެ.
"ބޮޑު ބައްޔެއް ޖެހިގެން އެހީތެރިކަމަށް ބޭނުންވެފައިވާ މީހާއަށް ފިޠުރު ޒަކާތުގެ ފައިސާ ދެވިދާނެއެވެ."
"ޖަލުގައި ތިބި ގައިދީންގެ ފަރާތުން ޒަކާތް ދައްކާނީ އެމީހެއްގެ ޢާއިލާއިންނެވެ."
"ދަރިން ނޫންނަމަވެސް ޢާއިލާގެ މީހުންގެ މަތިން ޒަކާތް ދެއްކޭނެއެވެ."
- ޖަވާބު ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް