"މަރުވެފައިވާ ޢާއިލާގެ މީހުންގެ ނަންމަތީގަ ޞަދަޤާތްކުރެވިދާނެތޯ؟ މަރުވެފައިވާ މީހުންގެ މަތިން ޞަދަޤާތްކޮށްފިނަމަ އެމީހުންނަށް ސަވާބު ލިބޭނެތޯ؟"
ޖަވާބު:
"ލައްބަ. މަރުވެފައިވާ މީހުންގެ ނަމުގައި ޞަދަޤާތް ކުރެވިދާނެއެވެ. އަދި އެކަމުގެ ފައިދާ ވެސް މައްޔިތުންނަށް ކުރާނެއެވެ. އިން ޝާ ﷲ"
- މީހަކަށް ޞަދަޤާތެއް ކުރާއިރު އެކަމަށް ފައިސާ ޚަރަދުކުރަނީ ކާކުކަން އަންގާކަށް ނުޖެހޭނެއެވެ.
- ރަމަޟާން މަހުގެ ފަހު ދިހައިގައި ޞަދަޤާތްކުރާއިރު ރޭ ގަނޑުގެ ވަކި ވަގުތެއްގައި ޞަދަޤާތްކުރާކަށް ނުޖެހެއެވެ. ރޭގަނޑުގެ ކޮންމެ ވަގުތެއްގައި ޞަދަޤާތް ކުރި ނަމަވެސް ރަނގަޅުވާނެއެވެ.
- ޖަވާބު ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް